ރ. މީދޫގެ މުއައްސަސާތަކުގެ މެދުގައި ފަށާފައިވާ އިންޓަރ އޮފީސް މުބާރާތުގައި ރޭ ކުޅުނު މެޗުތައް ޓީމް ބީސީޕީ އަދި ރ. އޭއީސީގެ ޓީމުން ކާމިޔާބުކޮށްފިއެވެ.

ޓީމް ބީސީޕީއާއި ޓީމް ފެނަކަ ބައްދަލުކުރި މެޗު ޓީމް ބީސީޕީން ކާމިޔާބުކުރީ 3 ލަނޑު 0 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ބީސީޕީގެ ހަސަން ޝަރީފްއެވެ.

ރޭ ކުޅުނު ދެވަނަ މެޗުގައި ރ. އޭއީސީގެ ޓީމާއި އެމް.އެޗް.ސީ ބައްދަލުކުރި މެޗު 7 ލަނޑު 0 ގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ ޓީމް ރ. އޭއީސީންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރ. އޭއީސީގެ ހުސައިން އަޔާޒްއެވެ.

މި މުބާރާތުގެ ގުރޫޕް ސްޓޭޖްގެ ފަހު މެޗުތަކުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ ޓީމް ބީސީޕީ އަދި ޓީމް ރ. އޭއީސީއާއި އެމް.އެޗް.ސީ އަދި ޓީމް ފެނަކައެވެ.