މީދޫގެ ތަރައްޤީއާއިބެހޭ ފޯރަމް މިރޭ ބާއްވަނީ!
މީދޫގެ ތަރައްޤީއާއިބެހޭ ކަންކަމުގައި އާންމުންގެ މައުލޫމާތު ހޯދުމަށް "މީދޫގެ ތަރައްޤީއާއިބެހޭ ފޯރަމް" ގެ ނަމުގައި ފޯރަމެއް ކުރިއަށް ގެންދިޔުމަށް މީދޫ ކައުންސިލުން ނިންމައިފިއެވެ.   މިރެ 8:45ގައި އަންހެނުންގެ އިޖްތިމާޢީ މަރުކަޒުގައި  ކުރިއަށްދާ މިފޯރަމްގައި މީދޫގެ ރައްޔިތުންނަށް ތަރައްޤީއާއިބެހޭ އެކިއެކި ކަންކަމުގައި ޚިޔާލު ހުށައެޅުމުގެ ފުރުސަތު އޮންނާނެކަމަށް ކައުންސިލުން ހާމަކުރައްވައެވެ.   މިރޭގެ ފޯރަމް މީދޫ ޓައިމްސްއިން ލައިވްކުރާއިރު، ރަށުން ބޭރުގައި ދިރިއުޅުއްވާ މީދޫގެ ރައްޔިތުންނަށް ލައިވްއަށް ކޮމެންޓުކޮށްގެން ޚިޔާލު ހުށައެޅުމުގެ ފުރުސަތުވެސް އޮންނާނެކަމަށް ކައުންސިލުން މައުލޫމާތުދެއްވައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
...