ރ. އަތޮޅު ކައުންސިލުން އިސްނަގައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ރ. އަތޮޅު ފުޓްސަލް ޗެލެންޖުގައި ރ. މީދޫއިން ބައިވެރިވުމަށް ކައުންސިލުން ނިންމައިފިއެވެ.

ރ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ރ. މީދޫ ތަމްސީލް ކުރުމަށް ހަމަޖެހިފައިވަނީ ރ. މީދޫ ސްޕޯޓްސް ކުލަބުގެ ނަމުގައެވެ. މި މުބާރާތުގައި ރ. މީދޫ ސްޕޯޓްސް ކުލަބަށް ކުޅެން ޝައުޤުވެރިވާ ކުޅުންތެރިން މި މަހު 26 ވަނަ ދުވަހުގެ ކުރިން ނަންނޯޓު ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ނޮވެމްބަރު މަހުގެ3 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތް ބާއްވާނެ ރަށެއް އަދި ކަނޑައަޅާފައެއް ނުވެއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 29 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަކަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭގޮތަށް ކައުންސިލުން ވަނީ ނިންމާފައެވެ.