'އުތެމާ' އަށް ފިޔަވަޅު އެޅުމަށް ހއ. އުތީމު ކައުންސިލުން ގޮވާލައިފި
އިސްލާމްދީނާއި މެދު ނަފްރަތު އުފައްދާ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް، އެމްޑީއެންއިން ނެރުނު ރިޕޯޓަށް ތާއިދުކޮށް އުތެމާ ކިޔާ ޖަމްޢިއްޔާއަކުން ރިޕޯޓެއް ތައްޔާރުކޮށްފައިވާތީ އެ މައްސަލަ ތަހުޤީޤުކޮށް އެކަމުގައި ޝާމިލްވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ހއ. އުތީމު ކައުންސިލުން ގޮވާލައިފިއެވެ.   އުތީމު ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެމް.ޑީ.އެން އުވާލިކަމަށް ސަރުކާރުން އިޢުލާންކުރި ނަމަވެސް އެކަމުގައި ޝާމިލްވާ އެއްވެސް ފަރާތަކަށް ފިޔަވަޅެއް އެޅިފައިނުވާކަމީ އެ ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއްކަމަށާއި އަދި އުވާލާފައިވާއިރުވެސް އެމް.ޑީ.އެން ހަރަކާތްތެރިވަމުން އައުމަކީ ޣައިރު ޤާނޫނީކަމެއް ކަމަށެވެ.   މީގެ އިތުރުން، އެ ބަޔާނުގައި ބުނެފައިވަނީ މި ފަދަ ރިޕޯޓުތައް ނެރުމަކީ އެ ކައުންސިލުން ނުހަނު ކަންބޮޑުވާކަމެއް ކަމަށާއި އިސްލާމްދީނުގެ ޙިމާޔަތުގައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ޖާނާއި މާލުން ވުމަށް ތައްޔާރަތިބިކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.   ހަމައެއާއެކު އުތެމާ އަދި އެމް.ޑީ.އެންއާއި ދެކޮޅަށް މަސައްކަތް ކުރުމަށް ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމްޢިއްޔާތައް އަދި ރަށްރަށުގެ ކައުންސިލްތަކާއި ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ މުއައްސަސާތަކަށް ގޮވާލާފައިވެއެވެ.   އުތެމާއިން ނެރެފައިވާ ލާދީނީ ރިޕޯޓު ކުށްވެރިކޮށް އެ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އެކި ކައުންސިލްތަކުން އަންނަނީ ގޮވާލަމުންނެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...