ކޮވިޑަށް ޝައްކުކުރެވޭ އަލާމަތްތަކެއް ހުރި މާކުރަތު މީހެއްގެ ސާމްޕަލް ނަގައިފި
ކޮވިޑް  19  އަށް  ޝައްކު  ކުރެވޭ  އަލާމަތްތަކެއް  ހުރުމާއި  ގުޅިގެން  ރ. މާކުރަތު  މީހެއްގެ  ގައިން  ސާމްޕަލް  ނަގައިފިއެވެ.   މައުލޫމާތު  ލިބޭ  ގޮތުގައި  މި  މީހާއަކީ  މާލެ  ފޭބުމަށްފަހު  ރ. މާކުރަތަށް  އައިސްފައިވާ  މީހެކެެވެ. މި  މީހާގެ  ގައިން  ކޮވިޑަށް  ޝައްކު  ކުރެވޭ  އަލާމާތްތަކެއް  ހުރިކަން  އެނގިފައިވަނީ  އިއްޔެ  އެރަށު  ސިއްޙީ  މަރުކަޒަށް  ދެއްކުމުންނެެވެ. އަދި  އަލާމާތްތަކެް  ހުރުމާއެކު  މި  މީހާވަނީ  ވަގުތުން  ކަރަންޓީނު  ކުރެވިފައެވެ.   މީގެ  އިތުރުން  މިކަމާއި  ގުޅިގެން  މާކުރަތުގެ  ޖުމްލަ  ތިން  ގެއެއް  ކަރަންޓީނުކޮށްފައިވާއިރު  ކޮންމެހެން  ނިކުންނަން  ޖެހިގެން  ނޫނީ  ބޭރަށް  ނުނިކުތުމަށް  އެެރަށު  ކައުންސިލުންވަނީ  ރައްޔިތުންނަށް  އިލްތިމާސްކޮށްފައެވެ.   މާކުރަތުން  ކޮވިޑަށް  ޝައްކު  ކުރެވޭ  މީހެއްގެ  ސާމްޕަލް  މީގެ  ކުރިންވެސް  ނަގާފައިވާއިރު  އެ  ސާމްޕަލްގެ  ނަތީޖާ  ވަނީ  ނެގެޓިވްވެފައެވެ.            
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...