ރ. އަތޮޅު އޮޕަރޭޝަން: ފަސް މީހަކު ހައްޔަރުކޮށްފި
ފުލުހުން ރ. އަތޮޅުގައި ހިންގަމުން އަންނަ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ފަސް މީހަކު ހައްޔަރުކޮށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.   ފުލުހުންގެ މީޑިއާ އޮފިޝަލް ބުނީ، ރ. އަތޮޅުގައި ހިންގަމުން އަންނަ ހަރަކާތަކީ ކޮވިޑް 19 ފެތުރުން ކޮންޓްރޯލްކުރުމަށް ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށް ދަތުރުފަތުރުކުރުން މަނާކޮށްފައި އޮތްއިރު ނަގަންޖެހޭ ހުއްދަ ނެގުމަކާއި ނުލާ ރ. އަތޮޅުގެ ފަޅުރަށެއްގައި ބަޔަކު އުޅޭކަމަށާއި އަދި ޖަމާޢަތް ހަދައިގެން މީހުން ދިރިއުޅޭ ރަށްރަށާއި ރިޒޯޓުތަކަށް އަރާ ރާވައުގެން ބޮޑެތި ވައްކަންކޮށް މީހުންގެ މުދަލަށް ގެއްލުންދޭ މައްސަލައަކާއި ގުޅިގެން ރ. އަތޮޅުގައި ފުލުހުން ހިންގާ ހަރަކާތެއް މިއަދު ކުރިއަށްދާކަމަށެވެ.   މައުލޫމާތު ލިބޭ ގޮތުގައި މި އޮޕަރޭޝަން މިއަދު ފަށާފައިވަނީ ރ. މަޑުއްވަރީގައެވެ. އޭގެ ފަހުން އެހެން ރަށެއްގައި ކުރިއަށް ގެންދިޔަކަމުގެ މަޢުލޫމާތެއް އަދި ނުލިބެއެވެ. އަދި ހައްޔަރުކޮށްފައިވާ 5 މީހުން ހައްޔަރުކޮށްފައިވަނީ ރ. އަތޮޅުގެ ކޮން ރަށަކުންކަމެއްވެސް ފުލުހުން ބުނެފައެއް ނުވެއެވެ.  
ކިޔުންތެރިންގެ ހިޔާލް

2020-06-23 09:33:23
,,އުނބު
ސަރުކާރުން އަދިވެސް ނުވިސްނަވންތޯ އެހާ ނުރައްކާ ތެރި ރަށެށް ވުޖޫދުން ފުހެލާކަށް،،!!؟؟
އެންމެ މަގުބޫލު: 7 ދުވަސް

...