ސަލާމަތީ ބާރުތަކުން މަޑުއްވަރީގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދަނީ
ސިފައިންނާއި ފުލުހުން ގުޅިގެން ރ. މަޑުއްވަރީގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ. މައުލޫމާތު ލިބޭ ގޮތުގައި މި އޮޕަރޭޝަނުގައި ބަލާ ފާސް ކުރަމުންދަނީ ހަރުކަށި ފިކުރުގެ މީހުންނާއި ގުޅުން އޮންނަ ގޭތަކެވެ. 


ފުލުހުން ބުނީ މި އޮޕަރޭޝަނަކީ ރ. އަތޮޅުގައިި ކުރިއަށް ގެންދާ އޮޕަރޭޝަނެއްކަމަށާއި ލޮކްޑައުންގައި ރ. އަތޮޅުގެ ފަޅު ރަށެއްގައި ބަޔަކު ދިރިއުޅެ މީހުން އުޅޭ ރަށްރަށާއި ރިޒޯޓުތަކަށް އަރާ ވައްކަންކޮށް މީހުންގެ މުދަލަށް ގެއްލުން ދިނުމާއި ގުޅޭ މައްސަލައަކާއި ގުޅިގެން ކުރިއަށް ގެންދެވޭ ހާއްސަ އޮޕަރޭޝަނެއްކަމަށެވެ. 
މި އޮޕަރޭޝަންގައި މިހާތަނަށް 5 މީހަކު ހައްޔަރުކޮށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މީި މީހުން ހައްޔަރުކޮށްފައިވަނީ ރ. އަތޮޅުގެ ކޮން ރަށަކަކުންކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.       
 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...