އެމް.ޑީ.އެންގެ އިސް މީހުންނަށް ފިޔަވަޅު އެޅުން އަވަސް ކުރުމަށް ތުލުސްދޫ ކައުންސިލުން ގޮވާލައިފި
އިސްލާމްދީނަށް ފުރައްސާރަކޮށް ރިޕޯޓު ލިޔުނު އިސްލާމްދީނާއި ދެކޮޅު ޖަމްޢިއްޔާކަމަށްވާ އެމް.ޑީ.އެންގެ އިސްވެރިންނަށާއި ރިޕޯޓު ލިޔުނު ފަރާތްތަކަށް ފިޔަވަޅު އެޅުން އަވަސް ކުރުމަށް ގޮވާލާ ކ. ތުލުސްދޫ ކައުންސިލުން ބަޔާނެއް ނެރެފިއެވެ.   ތުލުސްދޫ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރުން އެމް.ޑީ.އެން އުވާލުމަކީ އެ ކައުންސިލުން އުފާކުރާ ކަމެއްކަމަށާއި ނަމަވެސް އެ ޖަމިއްޔާގެ ނަން މަދަނީ ޖަމިއްޔާތަކުގެ ދަފްތަރުން އުނިކޮށް ފުއްދާލުމަކީ ރައްޔިތުން ބޭނުންވާ ގޮތް ނޫންކަމަށެވެ.   "އެއާއި ޚިލާފަށް އެ ރިޕޯޓު ލިޔުމުގައި ޝާމިލްވި އެންމެހައި ފަރާތްތަކާއި އެމް.ޑީ.އެންގެ އިސްވެރިން އަދުލު އިންސާފުގެ ކުރިމައްޗަށް ގެނެސް އަދަބުދިނުމަކީ ލާޒިމްކަމެކެވެ."  އެ ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން އެ ފަރާތްތަކަށް ލަސްނުކޮށް ޤާނޫނީ ފިޔަވަޅު އެޅުމަށް ތުލުސްދޫ ރައްޔިތުންނާއި އެ ކައުންސިލުން ގޮވާލާކަމަށް ބަޔާނުގައި ބުނެފައިވެެއެވެ.   މީގެ އިތުރުން، އެ ޖަމިއްޔާގެ ހަރަކާތްތައް ހުއްޓުވާލާ މަނާކުރިތާ ހަ މަސް ދުވަސްވާން ކައިރިވެފައިވާއިރުވެސް އެ ރިޕޯޓު ލިޔުން ފަރާތްތަކަށް ދައުވާކޮށްފައިނުވުމަކީ އެ ރަށުގެ ރައްޔިތުން ނުހަނު ކަންބޮޑުވާކަމެއްކަމަށެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...