ލެންޓާންގެ ހާއްސަ ވެބިނާރ 'ފުރަބަންދު ފުރުސަތު' މާދަމާ ރޭ 20:30 ގައި
ރ. ހުޅުދުއްފާރުގެ ޖަމިއްޔާއެއްކަމަށްވާ ލެންޓާންއިން 'ފުރަބަންދު ފުރުސަތު' ނަމުގައި މާދަމާ ރޭ ހާއްސަ ވެބިނަރ އެއް ބޭއްވުމަށް ނިންމައިފިއެވެ.   ލެންޓާންގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވްކޮށް ކުރިއަށް ގެންދާ މި ވެބިނާރ ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 20:30 ގައެވެ. ލެންޓާންއިން މަޢުލޫމާތުދޭ ގޮތުގައި މި ވެބިނަރގައި އަލިއަޅުވާލާނެ ކަންތައްތަކަކީ - ކޯވިޑް 19 އިން ލިބުނު އިބުރަތުގެ އަލީގައި މުސްތަޤުބަލުގައި ދަރިން ތަރުބިއްޔު ކުރުމުގައި ވިސްނަންވީ ކަންކަމަކީ ކޮބައިކަން - މިފަދަ ޙާލަތެއްގައި މުދައްރިސުންގެ ހުންނަންވީ ކޮން ވިސްނުމެއްކަން، އަދި އަލުވެރިވާންވީ ކޮންކަންކަމަކަށްކަން - ކޯވިޑް 19 އާއި ގުޅިގެން ދަރިވަރުންނަށް ކުރިމަތިވެގެންދާ ގެއްލުންތައް ކުޑަކުރުމަށާއި، ކިޔެވުން އަލުން ފެށެންވާއިރަށް، ދަރިވަރުންނަށް މި ޙާލަތުގައި ކުރެވިދާނެ ކަންތައްތަކަކީ ކޮބައިކަން - ކޯވިޑް 19 ފަދަ ޙާލަތަކާއި ކުރިމަތިލާނީ ކިހިނެއްކަން. އަދި ނަފްސާނީ ދުޅަހެޔޮކަންމަތީ ދެމިހުންނާނީ ކިހިނެއްކަން   މި ވެބިނަރގެ ޕެނަލިސްޓުންގެ ގޮތުގައި ލެންޓާންއިން ކަނޑައަޅާފައިވަނީ ތަޢުލީމީ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ލިބިފައިވާ ޢިލްމީ ބޭފުޅުންތަކެކެވެ.   ވެބިނާރގެ ޕެނަލިސްޓުން 1. މުޙައްމަދު ފަޔާޒު – ހުޅުދުއްފާރު ސްކޫލްގެ ޕްރިންސިޕަލް، މާސްޓާސް އޮފް އެޑިއުކޭޝަން، ތަޢުލީމީ ދާއިރާގައި 13 އަހަރުގެ ތަޖުރިބާ 2. އަޙްމަދު މުޖުތަބާ – އުނގޫފާރު ސްކޫލްގެ ޕްރިންސިޕަލް، މާސްޓާސް އޮފް ސައިންސް އިން އެޑިއުކޭޝަން އެންޑް ލީޑަރޝިޕް، ތަޢުލީމީ ދާއިރާގައި 8 އަހަރުގެ ތަޖުރިބާ 3. އިސްމާޢިލް ނަޞީރު – އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލް، މާސްޓާސް އޮފް ސައިންސް އިން އެޑިއުކޭޝަން އެންޑް ލީޑަރޝިޕް 4. އާދަމް ނަޞީރު – އޮޑިޓާރސް އޮފީހުގެ ޑިރެކްޓަރ އޮފް ކޯޕަރޭޓް ސާރވިސަސް އަދި ހެޑް އޮފް އިންސްޓިޓިއުޓް އޮޑިޓް އެންޑް އެޝުއަރެންސް، މާސްޓާސް އޮފް ސައިންސް އިން އެޑިއުކޭޝަން އެންޑް ލީޑަރޝިޕް، ކިޔަވައިދިނުމާއި މީހުން ބިނާކުރުމުގެ ދާއިރާއިން 16 އަހަރުގެ ތަޖުރިބާ   އާންމުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދާ މި ވެބިނަރގެ ތެރެއިން ބައިވެރިންނަށް އިނާމު ހޯދުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމަށް ލެންޓާންއިން މަޢުލޫމާތުދެއެވެ. އަދި ވެބިނަރ ކުރިއަށްދާ ވަގުތު އާއްމުންނަށް ކޮމެންޓް މެދުވެރިކޮށް ޕެނަލިސްޓުންނާއި ސުވާލު ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.   މި ވެބިނަރގެ މެއިން ސްޕޮންސަރަކީ ޒައިޒޮންއެވެ. އަދި މީޑިއާ ޕާޓްނަރުންނަކީ މީދޫ ޓައިމްސް އަދި އުނގޫފާރު.ކޮމް އެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...