ރ. އަތޮޅުގައި އިތުރު އެއާޕޯޓެއް އެޅުމަށް ޕްލޭންގައި ނެތްކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި
ރ.  އަތޮޅުގައި  އިތުރު  އެއާޕޯޓެއް  އެޅުމަށް  ޕްލޭންގައި  ނެތްކަމަށް  ޓްރާންސްޕޯޓް  މިނިސްޓްރީން  ބުނެފިއެވެ.   މަޑުއްވަރީ  ދާއިރާގެ  މެމްބަރު  އާދަމް  ޝަރީފް  ކުރެއްވި  ޓުވީޓެއްގައި  ވިދާޅުވީ،  ރ.  އަތޮޅުގެ  ދެކުނުގައި  އެއާޕޯޓެއް  އަޅާނެކަމަށް މަޖިލިސް  އިންތިހާބުގައި  ރައީސް  ސޯލިހް  ވިދާޅުވިކަމަށާއި  އެހެންނަމަވެސް  ރ.  އަތޮޅުގައި  އިތުރު  އެއާޕޯޓެއް  އެޅުމުގެ  ވިސްނުން  ނެތްކަމަށް  މިހާރު  ކުރިއަށްދާ  މަޖިލީހުގެ  ސަރުކާރުގެ  މަސްއޫލިއްޔަތު  އަދާކުރާ  މިންވަރު  ބަލާ  ކޮމިޓީގެ  ބައްދަލުވުމެއްގައި  ޓްރާންސްޕޯޓު  މިނިސްޓްރީން  ބުނެފައިވާކަމަށެވެ.   މީގެ  އިތުރުން  ޕީޕީ.އެމް  ގެ  ސަރުކާރެއްގައި  ރ.  އަތޮޅުގެ  ދެކުނު  ބިތުގައި  އެއާޕޯޓެއް  އަޅާނެކަމަށްވެސް  މެމްބަރު  ވިދާޅުވެފައިވެއެވެ.    
ކިޔުންތެރިންގެ ހިޔާލް

2020-06-05 18:32:56
Dhigali Airport koba
އެންމެ މަގުބޫލު: 7 ދުވަސް

...