ރ. ވާދޫގައި ޤާއިމްކުރާ ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމަށް ބޭނުންވާ މިނީ ބަސް އެރަށަށް ގެނެސްފި
ރ. ވާދޫގައި ޤާއިމްކުރާ ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމަށް ބޭނުންވާ އިލެކްޓްރިކް މިނީ ބަސް އެރަށަށް ގެންގޮސްފިއެވެ.   'ވާދޫ ޓައިމްސް'ގައިި ބުނެފައިވަނީީ އެރަށުގައި ޤާއިމްކުރާ ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމަކީ އެރަށުގެ ޖަމްޢިއްޔާއަކާއި ވާދޫ ކައުންސިލް ގުޅިގެން ޔޫ.އެން.ޑީ.ޕީގެ އެސް.ޖީ.ޕީ ފަންޑުގެ ހިލޭ އެހީގެ ދަށުން އެރަށުގައި ޤާއިމު ކުރާ ސޯލަރ ޗާރޖިންގ ސްޓޭޝަންގެ ދަށުން ތަރައްޤީ ކުރާ ޓްރާންސްޕޯޓް ސިސްޓަމެއްކަމަށެވެ.   މީގެ އިތުރުން ސޯލަރ ޗާރޖިންގ ސިސްޓަމްގައި ބޭނުން ކުރާ ސޯލަރ ޗާރޖިންގް ސްޓޭޝަންވެސް މިހާރު އެރަށަށް ގެނެސްފައިވާކަމަށް މަޢުލޫމާތުލިބެއެވެ.   ސޯލަރ ޗާރޖިންގ ސިސްޓަމަކީ ސޯލަރ ސިސްޓަމް ބޭނުންކޮށްގެން ތިމާވެއްޓާއި ރައްޓެހި ގޮތަކަށް އެކި ޒާތުގެ ތަކެތި ޗާޖު ކުރެވޭ ގޮތަށް ތައްޔާރުކުރާ ސިސްޓަމެކެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...