އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަން ޖެހޭ ހައްޤުތައް ފުރިހަމައަށް އަދާކުރުމަށް ގޮވާލައްވައިފި
އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަން ޖެހޭ ހައްޤުތައް ފުރިހަމައަށް އަދާކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައްވައިފިއެވެ.   އެގޮތުން އެ ހައްޤުތަކުގެ ތެރޭގައި ހިމެނެނީ މުސްލިމަކާއި ބައްދަލުވެއްޖެ ނަމަ ސަލާމްކުރުމާއި، ދަޢުވަތެއް ދީފިނަމަ އެ ދަޢުވަތަކަށް އިޖާބަދިނުމާއި، ކިނބިއްސެއް އެޅޭ ހިނދު މާތް ﷲ އަށް ޙަމްދުކޮށްފިނަމަ އޭނާއަށްޓަކައި ހެޔޮ ދުޢާ ކުރުމާއި އަދި ބަލިވެއްޖެނަމަ އޭނާއަށް ޒިޔާރަތް ކުރުމުގެ އިތުރުން އޭނާ މި ދުނިޔެ ދޫކޮށްފިނަމަ އޭނާގެ ޖަނާޒާގައި ބައިވެރިވުންކަމަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވައްސަމަ ހަދީޘްފުޅު ކުރައްވާފައިވާކަމަށް ހުތުބާގައި ވިދާޅުވިއެވެ.   މިގޮތުން ޙުތުބާގައި ވަނީ މި ކޮންމެ ކަމެއް ކުރުމުގެ މުހިއްމުކަމާއި އެކަންކަން ކުރާނެ އެންމެ ފުރިހަމަ ގޮތްވެސް ބަޔާންކޮށްދެއްވާފައެވެ. އެގޮތުން އެކަކު އަނެކަކަށް ޒިޔާރަތް ކުރުމަކީ ގުޅުން ބަދަހިވާކަމެއްކަމަށާއި ޖަނާޒާގައި ބައިވެރިވުމުން ލިބޭ ޘަވާބާއި ދަރުމައިގެ މައްޗަށްވެސް ހުތުބާގައި އަލިއަޅުވާލާފައިވެއެވެ.   ހަމައެއާއެކު ކޮވިޑާއި ގުޅިގެން ދިމާވެފައިވާ ހާލަތާއެކު އެކަކު އަނެކަކަށް އަތާ އަތްޖޯޑުކޮށް ސަލާމް ނުކުރެވުނު ނަމަވެސް އަނގަބަހުން ސަލާމް ކުރުމަށާއި އާއިލާތަކަށް ޒިޔާރަތް ނުކުރެވުނު ނަމަވެސް ފޯނުގެ ޒަރިއްޔާއިން އާއިލާއާއިއެކު ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރުމަށާއި އިންޓަނެޓު ބޭންކިންގ ފަދަ ވަސޭލަތްތައް މެދުވެރިކޮށް އެކަކު އަނެކަކަށް އެހީތެރިވުމަށްވެސް ހުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...