ހޮނިހިރު ވިލޭރޭ މެންދަމު 00:15 ގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރުން އޮންނާނެ
ހޮނިހިރު  ވިލޭރޭ  މެންދަމު  00:15  ގައި  ރާއްޖޭގެ  ހުރިހާ  ރަށެއްގައި  ކޭތަ  ނަމާދު  ކުރުން އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.    އިސްލާމިކް މިނިސްޓްރީން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ 2020 ޖޫން 5 ވަނަ ދުވަހުގެ ރޭ 22:45 އިން ފެށިގެން ފަނޑު ހިޔަނީގެ ހަނދުކޭތައެއް ހިފާނެކަމަށްށާއި ހަނދުކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ އެރޭ މެންދަމު 00:24 ގައިކަމަށެވެ.    އެހެންކަމުން ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި 2020 ޖޫން 6 ވާ ހޮނިހިރު ވިލޭރޭ މެންދަމު 00:15 ގައި ކޭތަ ނަމާދުކުރުން އޮންނާނެކަމަށެވެ.     
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...