މާރސީގެ 'ޙާލިޞް ހިތަކުން' ޕްރޮގުރާމް މެދުވެރިކޮށް 168 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދީފި
މިއަހަރުގެ ފިޠުރު ޢީދާއި ދިމާކޮށް މާރސީގެ ފަރާތުން ކުރިއަށް ގެންދިޔަ 'ޚާލިސް ހިތަކުން' ޕްރޮގުރާމް މެދުވެރިކޮށް 36 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.   މި 36 އާއިލާއިން ޖުމްލަ 168 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު ކޮންމެ މީހަކަށްވެސް 500 ރުފިޔާގެ އެހީތެރިކަމެއް ވެދީފައިވެއެވެ. މާރސީގެ މި ޕްރޮގުރާމަށް އެކި ފަރާތްތަކުންވަނީ ޖުމްލަ 84،000 ރުފިޔާ ފޮނުވާފައެވެ.   މާރސީގެ މި ޕްރޮގުރާމަކީ ކޮވިޑް 19 އާއި ގުޅިގެންނާއި އެހެނިހެން ސަބަބުތަކާއި ގުޅިގެންވެސް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީވުމަށް ކުރިއަށް ގެންދިޔަ ޕްރޮގުރާމެކެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...