ހުޅުދުއްފާރު ކައުންސިލްގެ ރައީސް މުޙައްމަދު އިބްރާހިމަށް އެ ރަށު ރައްޔިތުންގެ ތަޢުރީފް!
ރ. ހުޅުދުއްފާރު ކައުންސިލްގެ ރައީސްގެ މަޤާމުގައި ހުންނެވި މުޙައްމަދު އިބްރާހިމް އެ މަޤާމުން އިސްތިޢުފާ ދެއްވި ނަމަވެސް އެ ރަށުގެ ރައްޔިތުން އެބޭފުޅާގެ މަސައްކަތަށް ތަޢުރީފްކޮށްފިއެވެ.   ކައުންސިލްގެ ރައީސްގެ މަޤާމުގައި ހުންނެވި މުޙައްމަދު އިބްރާހިމް އެ މަޤާމުން އިސްތިއުފާދެއްވާފައިވާކަން އެ ރަށު ކައުންސިލުން އާއްމުކޮށްފައިވަނީ މިއަދުއެވެ. މިއަދަކީ 3 ވަނަ ދައުރުގެ ކައުންސިލަރުންގެ ދައުރު ހަމަވާ ގޮތަށް އޮތް ދުވަސްކަމުގައިވީ ނަމަވެސް އިންތިހާބެއް ނުބޭއްވޭތީ ޤާނޫނު އަސާސީ އިސްލާހުކޮށް ކައުންސިލަރުންގެ ދައުރުވަނީ ދަންމާލާފައެވެ.   މުޙައްމަދު އިބްރާހިމަށް ތަޢުރީފު ކުރައްވަމުން ރ. ހުޅުދުއްފާރުގެ އަމިއްލަ ޖަމްޢިއްޔާއެއްގެ ރައީސްގެ މަޤާމުގައި ހުންނެވި ފަރާތަކުން ބުނެފައިވަނީ، "މުޙައްމަދު އިބްރާހިމް ފާހަގަވީ ރަށަށް ރަނގަޅު ބަދަލުތަކެއް ގެންނަން މަސައްކަތް ކުރެއްވި އަދި ރަށުގެ ކުރިމަގާއިމެދު ވިސްނަވާ ބޭފުޅެއްގެ ގޮތުގައި، އެއްކޮން ކަންކަން ކުރަން ވަރަށް ފަސޭހަ ބޭފުޅެއްގެ ގޮތުގައި" މިހެންނެވެ.   އިތުރު ފަރާތަކުންކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މުޙައްމަދު އިބްރާހިމް ފާހަގަކުރެވިފައިވަނީ މަޝްވަރާއަށް އިސްކަން ދީގެން މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައިކަމަށާއި ދައުރު ހަމަވެގެން މި ދިޔަ ކައުންސިލަކީ ބަހާރީ ކައުންސިލެއްކަމަށެވެ.   މީގެ އިތުރުން ބައެއް އެހެން ފަރާތްތަކުންވަނީ ރައްޔިތުން އިންތިހާބުކުރި މުއްދަތު ހަމަވުމާއެކު މުޙައްމަދު އިބްރާހިމް އިސްތިޢުފާދެއްވުމަކީ ނިންމެވި ރަނގަޅު ނިންމުމެއްކަންވެސް ފާހަގަކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...