ޖޫން 1 އިން ފެށިގެން ރ. މީދޫ ސިއްޙީ މަރުކަޒުގައި ޑޮކްޓަރުން ބައްލަވާ ގަޑިތައް އާއްމުކޮށްފި
ކޮވިޑް 19 އާއި ގުޅިގެން ރ. މީދޫ ސިއްޙީ މަރުކަޒުގައި ޑޮކްޓަރުން ބައްލަވާ ގަޑިތައް ބަދަލުކޮށްފައި އޮތުމަށްފަހު ޖޫން 1 އިން ފެށިގެން އާއްމުކޮށް ބަލާ އުސޫލުން ބަލި މީހުން ބެލުމަށް ނިންމައިފިއެވެ.   މިގޮތުން އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ޑޮކްޓަރު ބައްލަވަމުން ގެންދަވާނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 8:00 އިން 00:00 އަށްކަމަށް ސިއްޙީ މަރުކަޒުންކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.   މީގެ އިތުރުން ސިއްޙީ މަރުކަޒުގެ ޕަބްލިކް ހެލްތް ޔުނިޓުން ދޭ ހިދުމަތްތަކުގެ ތެރެއިން ކުދިން ކިރުމުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހޯމަ އަދި އަންގާރަ ދުވަހުގެ ހެނދުނު 9:00 އިން 13:00 އަށްކަމަށާއި ބުދަ ދުވަހުގެ ހެނދުނު 8:00 އިން 13:00 އަށް ކަމަށް އެ އިޢުލާނުގައި ބުނެފައިވެއެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...