2 މީހުން ފިޔަވާ އިތުރު މީހަކަށް ބަލި މީހާއާއެކު އުނގޫފާރަކަށް ނޭރޭނެ!
ކޮވިޑް 19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންދާ ބަލި މީހާއާއެކު އެހީތެރިންގެ ގޮތުގައި އެ ރަށަށް އެރުމުގެ ހުއްދަ މިހާރުވެސް ލިބޭނީ 2 މީހުންނަށްކަމަށް އެ ހޮސްޕިޓަލުން ކައުންސިލްތަކަށް އަންގައިފިއެވެ.   ރަށްރަށުގެ ރައްޔިތުން މިކަމަށް ހޭލުންތެރިކުރުވުމަށް އެދި އެ ހޮސްޕިޓަލުން ފޮނުވާފައިވާ މެސެޖެއްގައި ބުނެފައިވަނީ ޕޮލިސްގެ ހުއްދަ ނަގައިގެންވެސް ބަލި މީހަކާއެކު 3 ވަނަ މީހަކަށް އެ ރަށަށް ނޭރޭނެކަމަށާއި ކައުންސިލްތަކުން ހުއްދަ ދެއްވާއިރުވެސް މިކަން ބައްލަވައިދެއްވުމަށް އެދޭކަމަށެވެ.   މީގެ އިތުރުން، ޑޮކްޓަރަށް ދައްކަވަން ވަޑައިގަންވާ ފަރާތްތަކުން ފޮތި މާސްކް ނުވަތަ ސާޖިކަލް މާސްކް އަޅަން ޖެހޭނެކަމަށް ހޮސްޕިޓަލުން އަންގާފައިވެއެވެ. ހަމައެއާއެކު އުނގޫފާރަށް ޒިޔާރަތް ކުރާ ފަރާތްތަކުން ރައްޔިތުން ދިރިއުޅޭ ސަރަހައްދަށް އެރުމަކީވެސް މަނާކަމެކެވެ.     ފޮޓޯ: އުނގޫފާރު.ކޮމް  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...