އަޅުގަނޑުގެ ފޯކަސް އޮތީ ހަމައެކަނި ރައީސް ޔާމީން މިނިވަން ކުރުމަށް – އާދަމް ޝަރީފް
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފްގެ ހުރިހާ ވިސްނުމެއް މިވަގުތު އޮތީ ކުރީގެ ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށްކަމަށް މެމްބަރު ވިދާޅުވެއްޖެއެވެ.   ސަރުކާރު ބަލިކަށިވެއްޖެކަމަށާއި ދެން އޮތް ގޮތަކީ  މިޑް ޓާރމް އިލެކްޝަނެއް ނުވަތަ ޕާރލިމެންޓަރީ ނިޒާމަކަށް ބަދަލުވުންކަމަށް ބުނެ މެމްބަރު ކުރެއްވި ޓުވީޓާއި ގުޅިގެން އިދިކޮޅުން ބަރުލަމާނީ ނިޒާމަކަށް ތާއިދުކޮށްފިކަމަށް މީޑިއާތަކުން ރިޕޯޓުކުރުމާއި ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިދިކޮޅުން ބަރުލަމާނީ ނިޒާމަށް ތާއިދު ކުރަން މަޝްވަރާ ކުރީ ނޫންކަމަށާއި ހުރިހާ ވިސްނުމެއް ހުރީ ރައީސް ޔާމީން މިނިވަން ކުރުމަށްކަމަށެވެ.   އިތުރު ޓުވީޓެއްގައި އާދަމް ޝަރީފް ވިދާޅުވީ، ރައީސް ޔާމީން މިނިވަން ކުރުމަށްޓަކާ ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެކަމަށާއި ދާން ޖެހުނު ކޮންމެ ތަނަކަށް ދާނެކަމަށެވެ. އަދި 2023 ގައި ޕީ.ޕީ.އެމް، ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓަކަށްވާނީ ކުރީގެ ރައީސް ޔާމީންކަމަށްވެސް އެ ޓުވީޓުގައި މެމްބަރު ވިދާޅުވެފައިވެއެވެ.   ރައްޔިތުންގެ މަޖިލީހުގެ އެކި މައްސަލަތަކުގައި ބަހުސް ކުރަމުންވެސް މެމްބަރު އާދަމް ޝަރީފް އަންނަނީ އާއްމުގޮތެއްގައި ރައީސް ޔާމީން މިނިވަން ކުރުމަށް ވަކާލާތު ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...