ކޭ ޕާރކުގެ ދީލަތި އެހީ ރ. މީދޫ ކައުންސިލަށް!
ކޮވިޑް 19 އާއި ގުޅިގެން ރ. މީދޫ ކައުންސިލަށް ކޭ ޕާރކްގެ ފަރާތުން ދީލަތި އެހީތެރިކަމެއް ވެއްޖެއެވެ.   އެ ފަރާތުން މީދޫ ކައުންސިލަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ 200 އަންގިއާއި 500 ސާޖިކަލް މާސްކެވެ. ރ. މީދޫ ކައުންސިލަށް އެ ކުންފުނީގެ ފަރާތުން މިތަކެތި ހަދިޔާކުރުމުން ރ. މީދޫ ކައުންސިލުންވަނީ އެ ކުންފުންޏަށް ޝުކުރު އަދާކުރައްވާފައެވެ.   ކޮވިޑް 19 އާއި ގުޅިގެން ދިމާވެފައިވާ ހާލަތާއި ގުޅިގެން ކޭ ޕާރކުގެ ފަރާތުން އަންނަނީ ގިނަ ރަށްރަށަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން އައިޖީއެމްއެޗާއި އެމް.އެން.ޑީ.އެފް ފަދަ މުއައްސަސާތަކަށްވެސް އެ ކުންފުނީގެ ފަރާތުން ދީލަތި އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...