ރ. މީދޫގެ މުއައްސަސާތަކުގެ މެދުގައި ކުރިއަށް ގެންދާ އާރުޑީސީ އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ފުރަތަމަ ރޭގެ މެޗުތައް ޓީމް ބީސީޕީ އަދި ޓީމް ފެނަކައިން ކާމިޔާބުކޮށްފިއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ސިއްޙީ މަރުކަޒުގެ ޓީމާއި ވާދަކޮށް ކައުންސިލް، ބޭންކު އަދި ޕޮލިސް ގުޅިގެން ހަދާފައިވާ ޓީމް ބީސީޕީން ކާމިޔާބުކުރީ 6 ލަނޑު 3 ންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ބީސީޕީގެ ހުސައިން ސަމާހުއެވެ،

ރޭގެ ދެވަނަ މެޗުގައި ރ. އޭއީސީގެ ޓީމާއި ޓީމް ފެނަކަ ބައްދަލު ކުރި މެޗު ޓީމް ފެނަކައިން ކާމިޔާބުކުރީ 3 ލަނޑު 1 ލަނޑުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފެނަކަ ޓީމްގެ ސާމް އިސްހާޤުއެވެ.

މީދޫ ސިއްޙީ މަރުކަޒު އަދި ޓީމް ބީސީޕީ ބައްދަލުކުރި މެޗުގެ ތެރެއިން

މި މުބާރާތުގައި މިރޭގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ޓީމް ބީސީޕީ އަދި ޓީމް ފެނަކައެވެ. ދެވަނަ މެޗުގައި ބައްދަލު ކުރާނީ އެމް.އެޗް.ސީ އަދި ރ. އޭއީސީގެ ޓީމެވެ.

ކޮވިޑާއި ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށްފަހު މި މުބާރާތް ބާއްވާއިރު، މިއަހަރު މުބާރާތް އިންތިޒާމް ކުރަނީ ސިއްޙީ މަރުކަޒުގެ ރެކްރިއޭޝަން ކުލަބުންނެވެ. 2019 ވަނަ އަހަރު ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީމުންނެވެ.