މަސްޖިދުއް ޒިއްނޫރައިނީގައި މިރޭ ހަނދުކޭތަ ނަމާދު ކުރާނެ!
މިރޭ ހިފާ ހަނދު ކޭތައާއި ގުޅިގެން ކޭތަނަމާދުކުރުން މީދޫގައި އޮންނާނީ މަސްޖިދު ޒިންނޫރައިނީގައިކަމަށް މީދޫ ކައުންސިލުން ނިންމައިފިއެވެ. 
އެކައުންސިލުން ކޮށްފައިވާ އިއުލާނެއްގައިވާގޮތުން މިރޭ ކުރެވޭ ކޭތަނަމާދުކުރާނީ މިރޭ 11:30 ގައެވެ. ފަލަކީ ހިސާބުތަކުން ދައްކާގޮތުން މިރޭ 10:14ގައި ހިފާ ކޭތަ ވީއްލާނެކަމަށް ލަފާކުރެވެނީ ފަތިހު 4:28ގައެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް މިރޭ ކޭތަނަމާދުކުރާނެކަމަށް އިސްލާމިކް މިނިސްޓްރީއިން މަޢުލޫމާތުދެއްވައެވެ. މިރޭހިފާ ކޭތައަކީ ފުރިހަމަ ހަނދުކޭތައަކަށްވުމާއެކު އެތައްބަޔަކު އަންނަނީ މިހަނދުކޭތަ ބަލާލުމަށް އިންތިޒާރުކުރަމުންނެވެ        
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
...