ރ. ހުޅުދުއްފާރު އަދި ކިނޮޅަސްގައި މައިދާނުގައި ޢީދު ނަމާދު ކުރަނީ
މާދަމާގެ ފިޠުރު ޢީދު ނަމާދު މައިދާނުގައި ކުރުމަށް ރ. ހުޅުދުއްފާރު އަދި ރ. ކިނޮޅަސް ކައުންސިލުން ނިންމައިފިއެވެ.   މި ދެރަށުގެ ކައުންސިލުން ވަނީ އިސްލާމިކް މިނިސްޓްރީން ނަގަން ޖެހޭ ހުއްދަ ނަގާ މައިދާނުގައި ޢީދު ނަމާދު ކުރުމަށް ނިންމާ އެކަން އާއްމުކޮށްފައެވެ.   ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގެ ޖަމާޢަތުގެ ނަމާދު ކުރުން މެދުކަނޑާލާފައި އޮތުމަށްފަހު މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގެ މިސްކިތްތަކުގައި ހުކުރު ދުވަހުގެ ހުކުރު ނަމާދުން ފެށިގެންވަނީ ޖަމާޢަތުގައި ނަމާދު ކުރުން ފަށާފައެވެ.   ޖަމާޢަތުގައި ނަމާދު ކުރުން ފެށުމާއިއެކު މިއަހަރުގެ ފިޠުރު ޢީދު ނަމާދުވެސް މައިދާނުގައި ކުރަން ބޭނުންވާ ކައުންސިލްތަކުން އެކަމަށް ނަގަން ޖެހޭ ހުއްދަ ނަގައިގެން ކުރެވޭނެކަމަށް އިސްލާމިކް މިނިސްޓްރީންވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...