އާއްމު އުސޫލުން ފިހާރަތަކާއި ކެފޭތައް ހުޅުވުމުގެ ހުއްދަ ރ. މީދޫ ކައުންސިލުން ދީފި
ކޮވިޑް 19 އާއި ގުޅިގެން ރ. މީދޫގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް ރ. މީދޫ ކައުންސިލުން ނިންމައިފިއެވެ.   މީދޫ ކައުންސިލުން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ކޮވިޑް 19 އާއި މީދޫގެ ފިހާރަތައް ވަކި ގަޑިތަކެއްގައި ހުޅުވާ ގޮތަށް އޮތް އޮތުން ބަދަލުކޮށް އާއްމު އުސޫލުން ފިހާރަތައް ހުޅުވުމަށާއި ކެފޭ ރެސްޓޯރެންޓުތައްވެސް އާއްމު އުސޫލުން ހުޅުވުމަށް ނިންމާފައިވާކަމަށެވެ.   ފިހާރަތަކާއި ކެފޭތައް ހުޅުވުމަށް ނިންމާފައިވަނީ ނިއު ނޯމަލްގެ އުސޫލުތަކާއި އެއްގޮތަށް ޢަމަލުކުރާ ގޮތަށެވެ. މި ލުއިތައް ދިންކަމުގައި ވީނަމަވެސް ބަލި ފެރުމުގެ ފުރުސަތު އޮވެދާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި ކޮންމެހެން ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ބޭރަށް ނުނިކުތުމަށް އަދި މާސްކް އެޅުމަށް ކައުންސިލުންވަނީ އިލްތިމާސްކޮށްފައެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...