މޫސުމަށް ސަމާލުވޭ! ހއ. އަތޮޅުން މ އަތޮޅަށް ޔެލޯ އެލަރޓް
ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެކަމަށް ލަފާކޮށް މެޓް އޮފީހުން ހއ. އަތޮޅުން މ. އަތޮޅަށް ޔެލޯ އެލާރޓް ނެރެފިއެވެ.   ޔެލޯ އެލަރޓް ނެރެފައިވަނީ މިއަދު މެންދުރު 13:00 އިން 17:00 އަށެވެ. އާއްމުކޮށް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.   މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އެމް.އެން.ޑީ.އެފުން އިލްތިމާސްކުރެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...