ކޮވިޑް 19 ގެ ނުރައްކާ ނެތް ރަށްރަށުގައި މިސްކިތްތައް ހުޅުވާލުމަށް ޝައިޚް މަންސޫރު ގޮވާލައްވައިފި
ކޮވިޑް 19 އިން ރައްކާތެރިވުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ޖަމާޢަތުގައި ނަމާދު ކުރުން މެދުކަނޑާލާފައިވާއިރު ކޮވިޑް 19 ގެ ނުރައްކާ ނެތް ރަށްރަށުގައި މިސްކިތްތައް ހުޅުވާލުމަށް ޝައިޚް މަންސޫރު އާދަމް ގޮވާލައްވައިފިއެވެ.   ޝައިޚް މަންސޫރު ވިދާޅުވެފައިވަނީ، މިހާރު ބައެއް ރަށްރަށުގައި އަރާ ފޭބުން މަނާކުރިތާ 3 ހަފްތާއަށްވުރެ ގިނަ ދުވަސްވެފައިވާކަމަށާއި އާއްމު ހާލަތުގައި ހޮޓާ ހުޅުވި ދިރިއުޅުމުގެ އެހެން މަސައްކަތްތަކަށް އެއްވެ އުޅެވޭނަމަ މިސްކިތުގައި ޖަމާޢަތް ހެދުމަށް ހުރަހެއް ނެތްކަމަށެވެ.   ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލިތާ މަހަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު އާއްމު ހާލަތުގައި ހުރި ރަށްރަށުގައި ޖަމާޢަތުގައި ނަމާދު ކުރެވޭނެގޮތް ހަމަޖެއްސުމަށް ގިނަ ރައްޔިތުންވެސް އަންނަނީ ގޮވާލަމުންނެވެ. އިސްލާމިކް މިނިސްޓްރީން މިހާރު ނިންމާފައިވާ ގޮތުގައި މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އެއްވެސް މިސްކިތެއްގައި ޖަމާޢަތުގައި ނަމާދެއް ނުކުރެވޭނެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...