ޖެނެރޭޓަރަށް ދިމާވި މައްސަލަ ހައްލު ކުރުމަށް ފެނަކަ ޓެކްނިކަލް ޓީމް ގެންނަނީ
ރ. މީދޫގައި ކަރަންޓު ދިނުމަށް ބޭނުން ކުރާ ދެ ޖެނެރޭޓަރުގެ ތެރެއިން 350 ކިލޯވޯޓުގެ ޖެނެރޭޓަރަށް ދިމާވި މައްސަލަ ހައްލު ކުރެވެން އޮތީ ފެނަކަ ރ. އަތޮޅު ޓެކްނިކަލް ޓީމް ގެނެސްގެންކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.   މަޢުލޫމާތު ލިބޭ ގޮތުގައި ފެނަކަ ޓެކްނިކަލް ޓީމް މީދޫއަށް ގެނައުމުގެ މަސައްކަތް ފެނަކަ މީދޫ ބުރާންޗުން މިހާރު އަންނަނީ ކުރަމުންނެވެ. މިހާރު މައްސަލަ ދިމާވެފައިވާ ޖެނެރޭޓަރަކީ މި މަހުގެ ތެރޭގައި ޓެކްނިކަލް ޓީމުން ހަދާފައިވާ ޖެނެރޭޓަރެއްކަންވެސް ފާހަގަކޮށްލެވެއެވެ.   350 ކިލޯވޯޓުގެ މި ޖެނެރޭޓަރަކީ ބ. އޭދަފުށީގައި ބޭނުން ކުރުމަށްފަހު މީދޫއަށް ގެނެސްފައިވާ ޖެނެރޭޓަރެކެވެ. ޖެނެރޭޓަރަށް މައްސަލައެއް ދިމާވުމާއި ގުޅިގެން މިއަދު ކަރަންޓު ދެމުން އަންނަނީ އެކި ފީޑަރުތަކަށް ބަހާލައިގެންނެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...