ރިޔާސީ އިންތިޚާބު އޮޅުވާލިކަމަށް އަނެއްކާވެސް އައު ތުހުމަތުތަކެއް!
ރިޔާސީ އިންތިޚާބު އޮޅުވާލައިވާކަމަށް އަނެއްކާވެސް އައު ތުހުމަތުތަކެއް ކޮށްފިއެވެ. ދާދި ދެންމެއަކު ޗެނަލް 13 އިން ބްރޯޑްކާސްޓުކުރި ރިޕޯރޓެއްގައި ކާކުކަން ނޭނގޭ ގޮތަށް މައުލޫމާތުދިން ފަރާތަކުން ބުނެފައިވަނީ އިންތިހާބު ގާތްވި ވަރަކަށް އިލެކްޝަންސް ކޮމިޝަނުން އިދިކޮޅު ފަރާތްތަކާ ބައްދަލުކޮށްފައިވާކަމަށެވެ.     ޗެނަލް 13  ގެ  ރިޕޯޓުގައި  ބުނެފައިވާގޮތުން  އެމައުލޫމާތު  އެ  ޗެނަލަށް  ހިއްސާކޮށްފައިވަނީ  އިލެކްޝަންސް  ކޮމިޝަންގައި ކޮމިޝަނަރގެ ބިޔުރޯގައި  މަސައްކަތްކުރާ  މުވައްޒަފެއްކަމަށެވެ.  ކާކުކަން  ނޭނގޭގޮތަށް ކެމެރާއަށް  ފުރަގަހަށްހުރެ  އަޑު  ބަދަލުކޮށްގެން  ދީފައިވާ  އިންޓަވިޔުގައި  މިމުވައްޒަފު  ބުނެފައިވަނީ  އެންމެފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވަމުންދިޔަ ތައްޔާރީ ހާސްބައި  ތަފާތުކަމަށެވެ.  އެގޮތުން  އެންމެ  ފުރަތަމަ  ދުވަހުން  ފެށިގެންވެސް  އިންތިހާބު  އޮޅުވާލަން  އުޅުނުކަމުގެ  މަލަަމަތި ފެންނަމުންދިޔަކަމަށް އެ މުވައްޒަފުބުނެފައިވާކަމަށް ޗެނަލް 13ގެ  ރިޕޯޓުގައި  ގެނެސްދީފައިވެއެވެ. 
އިންޓަވިޔުދެމުން އެ މުވައްޒަފު ބުނެފައިވަނީ ރީރަޖިސްޓްރޭޝަން ޕްރޮސެސްގައި ފޯމުތައް އަސްލު ޕްރޮސެސް ކުރަމުންދާނީ ރީރަޖިސްޓްރޭޝަން ސެންޓަރުގައިކަމަށާއި އެހެންނަމަވެސް މިފަހަރުގެ ރިޔާސީ އިންތިހާބުގައި  ޕީޕީއެމްގެ  ފޯމުތަކެއްވަނީ  އިލެކްޝަންސް  ކޮމިޝަންގެ  މައި  އޮފީހަށްގެނެސް  އެ  ފޯމުތައް  މައި  އޮފީހުން  ޕްރޮސެސްކުރާ  ގޮތަކަށް  ހަމަޖައްސާފައިކަމަށް  މެމްބަރު  ނަޝާތު  ވިދާޅުވިކަމަށެވެ.  މިދެންނެވި  ފޯމުތައް  މެމްބަރު  ނަޝާތު  ގެނެސް  އެކި  ކެޓަގަރީތަކަށް  އެޅުމަށް  ވިދާޅުވިކަމަށާއި  އަދި  އެ  ކެޓަގަރީތަކަށް  ފޯމުތައް  އެޅުމަށްފަހު މެމްބަރު  ނަޝާތާއި  ހަވާލުކުރީމައި  ދުވަސްކޮޅެއްފަހުން  މެމްބަރ  ނަޝާތު  މިދެންނެވި  ފޯމުތައް  ބާތިލު ކުރުމަށް  އިލެކްޝަންސް  ކޮމިޝަންގެ  އެހެން މުވައްޒަފަކާ  ހަވާލުކުރުމުން  އެ  ފޯމުތައް  ބާތިލުކޮށްފައިވާކަމަށެވެ.  އެގޮތުން ޕީޕީއެމްގެ 15000 ފޯމު ބާތިލުކޮށްފައިވާކަމަށް އެމުވައްޒަފު ކިޔައިދެއެވެ.
މީގެއިތުރުން  އިލެކްޝަންސް  ކޮމިޝަންގެ  މެމްބަރުން  ޗައިނާގެ  ގްރޫޕަކާ  ބައްދަލުކުރުމަށް  ޗައިނާއަށް  ގޮސްފައިވާކަމަށާއި  އަދި  ޗައިނާ  ގުރޫޕުގެ  ފަރާތުން  މާލެ  އައިސްވެސް  ކޮމިޝަނުގެ  މެމްބަރުންނާ  ބައްދަލުކޮށްފައިކަމަށް އެ ރިޕޯޓުގައި ބުނެއެވެ.  އަދި  އެހެން  އަހަރުތަކާ  ހިލާފަށް  މިފަހަރުގެ  އިންތިހާބުގައި  ވަގުތީ ނަތީޖާ  އިއުލާންކުރުމަށް ބޭނުންކޮށްފައިވަނީވެސް ވަގުތީ  ނަތީޖާ  ޝީޓްތައްކަމަށވެސް  އެ  މުވައްޒަފު  ބުނެއެވެ. 
 އަދި  މީގެއިތުރުން  އިންތިހާބުގެ  ކުރިން  އިދިކޮޅު  ފަރާތްތަކާއެކު  އިލެކްޝަންސް  ކޮމިޝަނުން  ވަރަށް  ގިނައިން  ބައްދަލުކޮށްފައިވާކަމަށާއި އެ ބައްދަލުވުންތަކުގެ ޔައުމިއްޔާވެސް ބަލަހައްޓާފައިނުވާކަމަށެވެ. 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...