ދަތި ހާލުގައި އުޅޭ ފަރާތްތަކަށް އެހީވުމަށް މާރސީގެ "ޚާލިޞް ހިތަކުން" ޕްރޮގުރާމް އިފްތިތާޙްކޮށްފި
ކޮވިޑް 19 އާއި އަދި އެހެނިހެން ސަބަބުތަކާއި ގުޅިގެން މި ދުވަސްވަރު ދަތިޙާލުގައި އުޅެން ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށް މާރސީގެ ފަރާތުން 'ޚާލިޞް ހިތަކުން' ނަމުގައި ހާއްސަ ޕްރޮގުރާމެއް ފަށައިފިއެވެ.   މާރސީން މަޢުލޫމާތުދޭ ގޮތުގައި މި ޕްރޮގުރާމަށް ފައިސާ ފޮނުވަން ބޭނުންވާ ފަރާތްތަކަށް މި ރަމަޟާން މަހުގެ ފަހު ދުވަހާއި ހަމައަށް ފައިސާ ފޮނުވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. މީގެ އިތުރުން މި ޕްރޮގުރާމް މެދުވެރިކޮށް އެހީ ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ފޯމް ހުށައެޅުމުގެ ފުރުސަތުވެސް މާރސީން މިހާރުވަނީ ހުޅުވާލާފައެވެ.   މި ޕްރޮގުރާމުގައި އެހީތެރިކަން ދިނުމަށް ހަމަޖެހިފައިވަނީ ފޯމް ހުށައަޅާ ފަރާތްތަކުގެ ފޯމްތައް ވެރިފައިކުރުމަށްފަހު އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ ފަރާތްތަށް ދެނެގަނެވި އެ ފަރާތްތަކަށްކަމަށް މާރސީން މަޢުލޫމާތުދެއެވެ. މި ޕްރޮގުރާމް މެދުވެރިކޮށް މާރސީން ދިނުމަށް ހަމަޖެހިފައިވަނީ މާލީ އެހީތެރިކަމެވެ.   ބޮޑެތި ބަލިތަކަށް ބޭސް ކުރާ ފަރާތްތަކަށް އެހީތެރިވުމުގެ މަޤުސަދުގައި ޔޫތް މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ މާރސީ ޖަމްޢިއްޔާއިންވަނީ މި ރަމަޟާން މަހުވެސް ދަތި ޙާލުގައި އުޅޭ ފަރާތްތަކަށް އެހީވުމަށް 'ހަދިޔާވަށި' ނަމުގައި ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން 'ހަދިޔާވަށި' ޕްރޮގުރާމުގެ ތެރެއިން 35 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް މާރސީން މަޢުލޫމާތުދެއެވެ.
މާރސީގެ ހަދިޔާވަށި ޕްރޮގުރާމަށްވެސް ވަނީ ޖުމްލަ 42،000 ރުފިޔާ ލިބިފައެވެ. މިގޮތުން ކޮންމެ އާއިލާއަކަށްވެސް ވަނީ ހަދިޔާވަށީގެ ތެރެއިން 1200 ރުފިޔާގެ އެހީތެރިކަން ދީފައެވެ.    މާރސީގެ މި ޕްރޮގުރާމް މެދުވެރިކޮށް ފައިސާގެ އެހީތެރިކަން ދިނުމަށް: މާރސީގެ ދިވެހި ރުފިޔާ އެކައުންޓް: 7770000048136 މާރސީގެ ޑޮލަރު އެކައުންޓް: 7770000048137   މި އެކައުންޓަށް ފައިސާ ފޮނުވުމަށް މާރސީން އެދެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...