ކުރީފަހަރު ވަރިފަށަށް އެރީ ލާނެ ކުލަޔަކާއި ހެދި، މިފަހަރު ތަރާވިސް ނަމާދާއި ހެދި.
ލިޔުނީ: އައްޝައިޚް މުޖުތަބާ ޙަމީދު

ލޯބީގައި އިބްރާހިމަށް އޮތީ އެކަކުން ފުއްދާލުމެވެ. އަންހެނުންގެ ޒީލަގަދަކަމުންނެވެ. ކުރީފަހަރެއްގެ ރަމަޟާން މަހެއްގައިވެސް ގޭގައި ލާނެ ކުލަޔަކާއި މެދު ދެމަފިރިން ވަރިފަށަށް އެރިއެވެ. އިބްރާހީމު ގޮތްދޫކުރިކަމުން ސަލާމަތްވީއެވެ.  މިފަހަރު އިބްރާހިމްގެ އަންހެނުން އިބްރާހީމް ފޮނުވީ ރޯދައަށް ބަޒާރުކުރަން މާލެއަށެވެ.  ނަމަވެސް ކަންދިމާކުރި ގޮތުން ކޮވިޑް ގެ ޢާލަމީ ވަބާގައި މާލެ ފުރަބަންދަށް ދިޔައީއެވެ. ބާޒާރުކުރަށް ގެނައި ލާރިކޮޅު ދިޔައީ މާލޭގައި ގޭބަންދުގައި ހުންނާށެވެ.  އެތަށް ގޮތަކުން ކުރި މަސައްކަތުން ރަށަށް އާދެވުނީ ރަމަޟާންމަހުގެ މެދު ދިހައެއްގެ އެންމެ ފަހުދުވަހުގެ އިރުއޮއްސެއް ކައިރިވެފައި ހުއްޓެވެ. ގޭގެ އޮޅި ހުރަސް ނުކުރެވެނިސް މަޣުރިބު ނަމާދުގެ ބަންގި ގޮވަން ފަށައިފިއެވެ. ބަންގި ނިންމާފައި ގޭގައި ނަމާދުކުރަށް ގޮވިއިރު އިބްރާހީމު އިނީ މޭޒުކައިރީގައި ރޯދަވީއްލާށެވެ. އިބްރާހީމަށް ޓަކައި އަންހެނުން ހަނޑުލު ގުޅައާއި ހުނިހަކުރު ހަދާފައި ހުއްޓެވެ. ހެޔޮ ފާލެއްގައި ހުންނަ ދުވަހެއްވެއްޖެއްޔާ އެއީ ހަމަ ޖަވާހިރެކެވެ. ކެތްކޮށްލާގެން ހަތަރެއް ހަމަ ނުކޮށް އިބްރާހީމު އުޅެނީ އެހެންވެގެންނޭ ރައްޓެހިން ކައިރީގައި ކިޔައެވެ. އެތަށް ދުވަހެއްފަހުން ޢާއިލާއާއި އެކު ބައްދަލުވުމުން ވަރަށް ހިތްހަމަ ޖެހިލާގެން މިއަދު ކޯދޮއެވުނެވެ. އެއަށްފަހު ގެނައި ހަދިޔާތައް ކެނޑުމުގެ ކުރިން ސިޓިންރޫމުގައި ކުރީ މަޣުރިބު ނަމާދެވެ. ދެން ކުދިންނަށް ގެނައި ހަދިޔާތައް ބެހިއެވެ. އެކަންތައްތަށް ނިމުނު އިރު ޢިޝާ ވަގުތުވެއްޖެއެވެ.  ދެން އިބްރާހީމް ތެދުވެ އަވަސް އަވަހަށް ނަމާދު ކޮށްލަށްވެގެން ގޮސް ދެމަފިރިން ނިދާ ކޮޓަރި ހުޅުވާލިއެވެ. ރަށަށް އައިފަހުން އަދި އެކޮޓަރިއަކަށް ނުވަދެވޭވިއްޔާއެވެ. އޭނާއާށް މިއީ އޭނާގެ ކޮޓަރިތޯ ޝައްކުވިއެވެ. ތަރުތީބު ބަދަލުކޮށްލާފައިވާއިރު ކޮޓަރީގެ އެއްފަރާތުގައި  ރީތިކޮށް ކާޕެޓުކޮޅެއް އަޅާފައި އެކާފެޓުމަތީގައި ތިން މުޞައްލަ ފަތުރާފައި އޮށްއިރު އެދަމައިން ތިބީ ދެމުސައްލާގައި ނަމާދުކޮށްގެ ޒިކުރު ތަޞްބީޙަ ކިޔާށެވެ. " މި ބައްޕަ މުސައްލަ. އަވަސް ކުރޭ އަޅުގަނޑުމެންނާއި އެކު ތަރާވިސްނަމާދު ކުރަށް" ހަ އަހަރުގެ ދަރިފުޅު އޭނާގެ މަޢުޞޫމު އަޑުން ބުނެލިއެވެ." ދަރިފުޅު ތަރާވިސްވެސް ކުރަންތަ މިހާރު" އިބްރާހީމް ސުވާލު ކުރިއެވެ. އޭނާ ލައްބައޭ ބުނެ ބޯޖަހާލިއެވެ." އަވަސް ކުރޭ އަހަރެމެން ސުންނަތް ކުރަށްވާއިރަށް އަވަހަށް ޢިޝާނަމާދު ކޮށްބަލަ." އަންހެނުން ކޮޅަށް ތެދުވަމުން ބެނެލިއެވެ. " ބައްޕަ ކުރާނީ ދަމުނަމާދު. ވަރަށް ވަރުބަލިވެފަ މިހުރީ. ބައްޕަ ޢިޝާކޮށްލާގެން ނިދާލާނީ" އިބްރާހީމު މިހެއް ބުނެފައި ނަމާދު ކުރަށްފެށިއެވެ. އޭނާއަށް މޫސޫމަށް އަންނަމުން ދިޔަ ބަދަލެއް ޢިޝާނަމާދު ކޮށްގެން އަވަހަށް އެނދަށް އަރާ އޮށުއޮތެވެ. ދެން އޭނާއަށް ހޭލެވުނީ ގޮވާ އަޑަށްށެވެ. ލޯ ހުޅުވާލިއެވެ. ހުދު ނަމާދު ދޮޅިއެއް އަޅާގެން ހުރެ އަންހެނުން އިބްރާހީމަށް ގޮވަނީއެވެ." އަހަރެން ދަންވަރު ނަމާދު ކުރާނަމޭ" އިބްރާހީމު އަނެއް ފަރާތަށް އެބުރި ބާލީހުގައި ބައްދާލިއެވެ." ގަޑި ބަލާބަލަ. މިހާރު ދަންވަރު ތިނެއް ޖަހާނީ އަވަސް ކޮށްބަލަ". އަންހެނުން ތަންކޮޅެއް ހަރުކޮށް ބުނެފިއެވެ. އެ އަޑު ޖެހުމާއި އެކު އިބްރާހީމުގެ ނިދި އެދިޔަތަނެއް މޮޅަށް ދެނެވޮޑިގެންވާނީ މާތްރަސްކަލާނގެއެވެ. އޭނާ އިނީ ތެދުވެ އެނދުމަތީގައެވެ. ފާރުގައި ހުރި ގަޑިއަށް ބަލާލިއެވެ. އާއެކެވެ. ދަންވަރު ތިނެއް ޖަހަށް ދެން އިނީ ބާކީ ފަނަރަ މިނެޓެވެ. " އަދިވެސް އަވަހީތަ ހޭލެވުނުލޭ" ފާތުމަ ދަމުނަމާދަށް ހަށަންބަނަށް ކޮޅަށް ތެދުވަމުން ބުނެލިއެވެ. އިބްރާހީމު ފާޚާނާއަށް ވަދެފައި ނުކުން އިރު އަންހެނުން ނަމާދުކޮށްގެ ގޮސްފިއެވެ. އިބްރާހީމުވެސް ކުރުކުރު ކޮށް ހަތަރު ރަކުޢަތާއި ވިތުރީގެ އެއް ރަކުޢަތް ކޮށްލާފައި ދަމުނަމާދު ނިންމާލިއެވެ. އަދި ކޮޓަރިން ނުކުމެގެން ގޮސް ކާގެއަށް ވަނެއެވެ. އޭރު ފާތުމަ ހުރީ ފިޔާ ކޮށާށެވެ. މޭޒުމަތީގައި ގަރުދިޔާއާއި ފިހުނުމަހާއި ބަތާއި ހުއްޓެވެ. އަދި ދެތަށި އަނބުޖޫސްވެސް ހުއްޓެވެ.  އަންހެނުންގެ މޫނުމަތިން މިޒާޖު ތަޣައްޔަރުވެފައިވާކަށް އިބްރާހީމަށް އެގޭތީ އެއްޗެކޭ ނުބުނެ އިދެ ހާރުކައި ނިންމާލިއެވެ. ދެން ދެމަފިރިން ފަތިސްނަމާދުކޮށްގެން ނިދަށް އެނދުގައި އޮށުއޮތެވެ. " ވަރަށް އުފާވެއްޖެ. ފާތުން ދީނިކަންތައްތަކަށް ސަމާލުކަށް ދޭތީ" އިބްރާހިމް އަންހެނުން ކޮލުގައި ހިފާލަމުން ބުންޏެވެ." އެކަމަކު އަހަރެން އުފަލެއްނުވޭ" ފާތުމަ ބުންޏެވެ. " އެއީ މާހިރު ތަރާވިސްނުކުރޭ ރޭ ގަވެސް. ދަމުނަމާދުވެސް ކުރީ އެހާ ކުރުކޮށް" ޝަކުވާކުރަމުން އަންހެނުން ބުންޏެވެ." ތަރާވިސްނަމަދަކީވެސް ދަމުނަމާދަކީވެސް އެކަށްޗެއް" އިބްރާހީމު ރަނގަޅަށް ބާލީހުގައި ބޯއަޅަމުން ބުނެލިއެވެ. ދެމީހުންގެ ބަހުޘުފެށުނީ އެހިސާބުންނެވެ. ދެން އިރުކޮޅަކުން ފެނުނީ އަންހެނުން އެނދުން ތެދުވި ތަނެވެ." އަބަދު މިހެއް ނޫޅެވޭނެ. ވަރިވާންވީ" ފާތުމަ ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ." ސުބުޙާނަށްﷲ. އެވަރުވެއްޖެތަ؟ ތަރާވިސްނަމާދަކާއި ހެދި ތިވަރުވާން ވާނެތަ" އިބްރާހީމު އަނބިމީހާގެ އަތުގައި ހިފަމުން ކައިރީގައި ބެއިންދިއެވެ. އެހެން ފަހަރުތަކާއި ޚިލާފަށް އަންހެނުން ބަސްއަހާކަށް ފާހަގަވިއެވެ. އިބްރާހީމު އޭނާގެ ފޯނު ހުޅުވާލާފައި ކިޔަށްފެށިއެވެ. " މިއީ އަޅުގަނޑުމެންގެ ތެރޭގައި ކޮންމެ ރަމަޟާންމަހަކު އުފެދޭ އަރާރުމެކެވެ. ތަރާވިސްނާމާދަޢި ދަމުނަމާދާއި ރޭއަޅުކަމުގެ ބަޙްޘެވެ. ޢިލުމުވެރިންގެ ބަސްތަކަށް ދިޢުމުގެކުރިން ޢަރަބިބަހަށް ދަމާހެއްޔެވެ. ތަރާވީޙު ނުވަތަ އަޅުގަނޑުމެން ކިޔާ ތަރާވިސް މިއީ ޢަރަބި ބަހުގައި އަރާމުކުރުމުގެ މާނާ ދޭހަވާ ލަފުޒެކެވެ. އަދި އެނަށް ރޯދަމަހު އިރާކޮޅު ކުރެވޭ ނަމާދަށް ދެވުނީ ކޮންމެ ހަތަރު ރަކުޢަތަކުން އަރާމުކޮށްލާ ވަރުބަލި ފިލުވާލުމަށް ވަގުތުކޮޅެއް އީމާމުމިހާ އަނެއް ރަކުޢަނުފަށާ މަޑު ކޮށްލާތީއެވެ. އަދި މިކަށް ކުރަނީ ރަމަޟާންމަހު ޢިޝާނަމާދު ފަހު ޖަމާޢަތުގައި ކުރެވޭ ރޭގަނޑުގައި ކުރާނަމާދުގައެވެ. އެއީވެސް ރޭއަޅުކަމެވެ. ރޭ އަޅުކަމަކީ ޢިޝާފަހުން ފަޖުރުލުމާއި ދެމެދު ކުރާ ކޮންމެ އަޅުކަމެކެވެ. ބައެއް ޢިލްމުވެރިން އެއީ އިރުއޮއްސު މަށް ފަހު ފަޖުރުލުމާއި ދެމެދު ކުރާ ކޮންމެ އަޅުކަމެއްކަމަށްވެސް ވިދާޅުވެއެވެ. އެއީ ޤުރުއާން ކިޔެވުންކަމަށް ވިޔަސް އަދި ޒިކުރުކުރުމާއި ދުޢާކުރުންވިޔަސްމެއެވެ. އަދި ނަމާދާއި ޞަދަޤާތްތައި ޢިލްމުހޯދުންވެސް ހަމަ މިފަދައެވެ. ދެން އޮތީ ދަމުނަމާދެވެ. އާއްމުކޮށް ދިވެހިން މިނަމާދު ނިސްބަތް ކުރަނީ ރޭގަނޑުން ބައެއްގައި ނިދާލާފައި ދަންވަރުގެ ވަގުތުގައި ތެދުވެ ކުރާނަމާދަށްށެވެ. ޢަރަބި ބަހުގައި މިހެއް ކުރާ ނަމާދަށް ޞަލާތުއްތަހައްޖުދު ( ތަހައްޖުދު ނަމާދު) މިހެއް ކިޔައެވެ. އަދި ބައެއް ޢިލްވެރިން ގާތުގައި ނިދުމުގެ ކުރިވިޔަސް އަދި ފަހުންވިޔަސް ރޭގަނޑު ކުރާ ނަމާދަށް ތަހައްޖުނަމާދުގެ ގޮތުގައި ބެލެވެއެވެ.   އެހެންވީމާ ރަމަޟާންމަހު ޢިޝާނަމާދުގެ ފަހުން ފެށިގެން ފަޖުރުލުމާއި ހަމައަށް މުސްލިމަކު ކުރާ ކޮންމެ ސުންނަތް ނަމާދެއްވަނީ ތަރާވިސް އަދި ދަމުނަމާދަށްށެވެ. އެނަމާދެއް ކުރާގޮތާއި ކުރެވޭ ވަގުތަށް ބިނާކޮށްފައި މުޚާޠަބު ކުރެވޭ ނަށްތަފާތުވާކަމެވެ. އެހެނީ ޚައްޞަކޮށް ތަރާވިޙުނަމާދަކި ރޯދަމަހު ޖަމާޢަތް ހަދައިގެން މީސްތަކުން ކުރާ އިރު ރޭގަނޑުގެ ނަމާދަށް ކިޔާނަމަކެވެ. އަނެއްކޮޅުން ދަމުނަމާދު ކިޔަނީ ރޯދަމަސްތައްނޫނަސް ނިދާލާފައި ތެދުވެ ދަންވަރު ކުރާނަމާދަށްށެވެ. މިއީ އެދެނަމާދު ފަރަޤުކުރާ އިރުއެވެ. އެހެންނޫނި ނުނިދާ އިރާކޮޅުކުރިއަސް  ނިފާތެދުވެ ދަންވަރުކުރިއަސް އެއީ ހަމަ ތަހައްޖުދު ނަމާދުކަމަށް ބެލެވޭނެއެވެ.އަދި މިނަމާދު ތައް ބެލެވޭނީ ރޭއަޅުކަމުގެ ގޮތުގައެވެ.  ޚުލާޞާއަކީ: އެމީހަކަށް ފަސޭހަނަމަ އިރާކޮޅު ބޭނުންވާ ވަރަކަށް ނަމާދުކޮށްފައި ނިދިޔަސް އޭނާއަށް އެރޭގެ ރޭއަޅުކަށް ލިޔުއްވޭނެއެވެ. އަދި ބޭނުންނަމަ އިރާކޮޅު ނިދާލާފައި ދަންވަރު ހާރުދަމު ވަގުތު ނަމާދުކުރިއަސް ފުދިގެން ވެއެވެ. މިއީ އެންމެ ރަނގަޅުވަގުތެވެ. އެއީ ﷲތަޢާލާ ދުނިޔޭގެ އުޑަށް ފައިބާވޮޑިގެން މީސްތަކުންގެ ފާފަތަކާއި ދުޢާތަކާއި ބޭނުންތައް ފުއްދަވާދެއްވާ ވަގުތެވެ. ދެން އޮތީ ތިންވަނަ ގޮތެވެ. އެއީ އިރާކޮޅުކޮށްފައި ނިދާލާފައި އަނެއްކާ ދަންވަރު ތެދުވެ ދަމުނަމާދު ކުރުމެވެ. މިގޮތަށް ކުރާނަމަ އިރާކޮޅު ނަމާދުކުރާއިރު (ތަރާވިސްކުރާއިރު) ވިތުރު ނުކުރާނީއެވެ. ވިތުރި ކުރާނީ ދަންވަރު ނަމާދުކުރާއިރު އެންމެ ފަހުންނެވެ. އެހެނީ ރެއަކު ކުރެވޭނީ އެންމެ ވިތުރިއެކެވެ. އަދި އެކަށް ކުރަށް އެންމެ ރަނގަޅި ރޭގަނޑު ނަމާދުގެ އެންމެ ފަހު ކަންތައްތަކުގެ ގޮތުގައެވެ. ދެން ސުވާލު އުފެދިދާނެއެވެ. އިރާކޮޅު ނަމާދާއި ވިތުރުކޮށްފަ ދަންވަރު ހޭލެވިއްޖެއްޔާ ދެން ކުރާނީ ކޮންކަމެއްތޯއެވެ. ޖަވާބަކީ ދުޢާކުރުމާއި ޤުރުއާން ކިޔެވުމާއި ޤުރުއާނުގެ ތަރުޖަމާ ކިޔެވުމާއި ދިނީ ފޮތްކިޔުމާއި ދަރުސް ބަލާ އަޑުއެހިދާނެއެވެ. އަދި ބޭނުމިއްޔާ ނަމާދު ކުރެވިދާނެއެވެ. ނަމަވެސް ދެން އިތުރަށް ވިތުރި ނުކުރާތި އިނގޭއެވެ. " ކޮބާ . މިއީ އުއްމީދު ޖަމްޢިއްޔާއިން ފޯސްޓުކޮށްފައި އިން ލިޔުމެއް" އިބަރާހީމު ފޯނު ދައްކާލަމުން ބުނެލިއެވެ." މިހާރު ވިސްނިއްޖެ މީގެ ތިންރޭކުރިން އިބްރާހިމް ދެއްކީ ރަނގަޅުވާހަކައެއްކަށް" ފާތުމަ ބުންޏެވެ." ދެން އަހަރެމެން ރޭގަނޑު ނަމާދުކުރާނީ ނިދާލާފަ ތެދުވެ ދަންވަރު ދޯ" ފިރިމީހާގެ އަތުގެ ތެރެއަށް ވަންނަމުން ފާތުމަ އިތުރުކޮށްލިއެވެ. ލޮބުވެތި އަޚުންނޭ! މިކަހަލަ ފަރުޢީ މައްސަލަތަކުގައި ޒުވާބުކޮށް ދޭދޭގުޅުން ކަނޑާ ވަރިފަށަށް އަރަށް ހެޔޮވާނެތޯއެވެ؟ މިކަށްކަށް ޙައްލުކުރެވޭނީ ހައި އޮޅުން ފިލުވާގެންނެވެ. ބަލާ ކިޔައި ދިރާސާވެސް ކޮށްގެނެވެ. ޢިލްމުވެރިންނާއި ސުވާލުކުރާށެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...