އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ މަޤާމަށް ރ. އަނގޮޅިތީމު ބޭފުޅެއް އަައްޔަންކޮށްފިއެވެ.

އެ މަޤާމަށް އައްޔަންކޮށްފައިވަނީ ރ. އަނގޮޅިތީމު، ކަނީރުމާގެ، މުސްތަފާ ހަމީދު އެވެ.

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް އިން ޝަރީއާ އެންޑް ލޯއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ މުސްތަފާ ހަމީދު އެ މަޤާމަށް އައްޔަން ކުރެއްވުމުގެ ކުރިން ހުންނެވީ އެ އޮފީހުގެ އިންވެސްޓިގޭޓަރަކަށެވެ. އޭނާ އަންނަނީ އިސްލާމިކް ޔުނިވާސިޓީން ޖުޑީޝަލް ސައިންސް އެންޑް އިސްލާމިކް ޝަރީއާ ޕޮލިސީގެ ދާއިރާއިން މާސްޓާސް ޑިގްރީއަށް ވެސް ކިޔަވަމުންނެވެ.

އިންތިގާލީ އިންސާފުގެ އޮފީހަކީ ޖެނުއަރީ، 1953 އިން ފެށިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ފެށުމާ ހަމައަށް ހިނގާފައިވާ މައްސަލަތައް ބެލުމުގެ ބާރު އޮންނަ އޮފީހެވެ. އެ އޮފީހުން އަންނަނީ އެ މުއްދަތުގައި ހިނގާފައިހުރި އެކި މައްސަލަތައް ބަލަމުންނެވެ.