ރ. މީދޫގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ އިންޓަރ އޮފީސް ފުޓްސަލް މުބާރާތް މިރޭ ފަށާނެއެވެ.

ކޮވިޑާއި ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށްފަހު މުބާރާތް ބާއްވާއިރު، މިއަހަރު މުބާރާތް އިންތިޒާމް ކުރަނީ މީދޫ ސިއްޙީ މަރުކަޒުގެ ރެކްރިއޭޝަން ކުލަބުންނެވެ. މިއަހަރުގެ މުބާރާތުގައި ޖުމްލަ ހަތަރު ޓީމަކުން ވާދަ ކުރެއެވެ. އެއީ ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީމަކާއި ފެނަކައިގެ ޓީމަކާއި ސިއްޙީ މަރުކަޒުގެ ޓީމެއްގެ އިތުރުން ކައުންސިލާއި ޕޮލިސް އަދި ބޭންކު އެކުވެގެން ހަދާފައިވާ ޓީމް. ބީސީޕީ އެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކޮންމެ ރެއަކު ދެމެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، މިރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޓީމް. ބީސީޕީ އަދި އެމް.އެޗް.ސީއެވެ. މިރޭގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ ޓީމް ފެނަކަ އަދި ރ. އޭއީސީގެ ޓީމެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު ކައުންސިލުން އިސްނަގައިގެން ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީމުންނެވެ.