ވޯޓާއި ގުޅޭ އެހެން މައްސަލައެއް ކޯޓަށް! މިފަހަރު އިބޫއަށް ލިބުނުވޯޓުތަކަކީ ޔާމީނަށް ލިބުން ވޯޓުތައްކަމަށް ކަނޑައެޅުމަށް!
މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ޞާލިހުއަށް ލިބުނު ވޯޓަކީ ޕީ.ޕީ.އެމްގެ ކެންޑިޑޭޓު ރައީސް ޔާމީނަށް ލިބުނު ވޯޓުކަމަށް ކަނޑައަޅައިދިނުމަށް ހައި ކޯޓަށް މައްސަލައެއް ހުށައަޅައިފިއެވެ. މި މައްަސަލަ ހައި ކޯޓަށް ހުށައަޅާފައިވަނީ ޤާނޫނީ ވަކީލް އަބްދުލްމާނިއު ހުސެއިންއެވެ.  ވަކީލް މާނިއު މި މައްސަލަ ހުށައަޅާފައިވަނީ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ބޭނުންކުރި ވޯޓު ކަރުދާހުގައި އެއް ނަމްބަރު ކެންޑިޑޭޓުގެ ދިމާލުގައި ޖަހާ ފާހަގަ ދެ ނަމްބަރު ކެންޑިޑޭޓުގެ ގޮޅިއަށް ފޭދޭ ކަމަށާއި ދެ ނަމްބަރު ގޮޅީގައި ޖަހާ ފާހަގަ އެއް ނަމްބަރު ގޮޅިއަށް އަރާކަމަށް ބުނެއެވެ.  މި މައްސަލަ ހުށައަޅާފައި މިވަނީ ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުުއާޒު އަލީ ދެއްކި ވާހަކައަކަތަކެއްގެ މައްޗަށް ބިނާކޮށްފައެވެ. ޕީ.ޕީ.އެމުން އާއްމުކޮށް ކޮންމެ ރެއަކުވެސް ބާއްވަމުން އަންނަ މުޒާހަރާތަކުން މުޒާހަރާއެއްގައި ވާހަކަދައްކަވަމުން މުއާޒު ވިދާޅުވެފައިވަނީ އެގޮތަށް 1 ނަމްބަރު ގޮޅީގައި ޖެހި ފާހަގަ ދެ ނަމްބަރު ގޮޅިއަށް ބަދަލުވިތަން މީހަކު ދެކެފައިވާކަމަށް ބުނެފައިވާކަމަށެވެ.  އެހެންނަމަވެސް، އިންތިޚާބު ނިމިގެންދިޔައިރުވެސް މިކަހަލަ މައްސަލައެއް އެއްވެސް މީހަކު ހުށައަޅާފައިވާކަމަކަށް ނުބެލެވެއެވެ.           
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...