!ސަލަފު ފޯރަމް މިރޭ ރ. މީދޫގައި
ޖަމްޢިއްޔަތުއް ސަލަފުގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ސަލަފް ފޯރަމް މިރޭ ރ. މީދޫގައި އޮންނާނެއެވެ.

އުއްމީދު ޖަމްޢިއްޔާ އަދި ޖަމްޢިއްޔަތުއްސަލަފް ގުޅިގެން ކުރިއަށްގެންދާ މި ފޯރަމް ކުރިއަށްދާނީ މިރޭ 8:45 ގައި މީދޫ ޖަމްޢިއްޔަތުއްޞަލާޙުގެ އިޖްތިމާޢީ މަރުކަޒުގައެވެ. . 
"ޖިންނި"، މި މަޢުޟޫޢަށް ކުރިއަށްގެންދާ މި ފޯރަމްގައި މަޢުލޫމާތު ދެއްވާނީ އައްޝައިޚް ޢަބްދުއްސަލާމް ދާވޫދު އަދި އައްޝައިޚް މުޖުތަބާ ޙަމީދެވެ. މިރޭގެ ފޯރަމްގެ އިތުރުން މިއަދުގެ ޢަޞްރު ނަމާދަށްފަހު މަސްޖިދުއް ޒިންނޫރައިނީގައި ޝައިޚް ޢަބްދުއްސަލާމް ދާވޫދުގެ ދަރުހެއް ކުރިއަށްދާނެކަމަށް އުއްމީދު ޖަމިއްޔާއިން މަޢުލޫމާތުދެއްވެ. 

މިރޭގެ ފޯރަމްގެ އިތުރުން މިއަދު ހަވީރުގެ ދަރުސްވެސް މީދޫ ޓައިމްސް އިން ވަގުތުން ގެނެސްދޭގޮތަށްވަނީ ހަމަޖެހިފައެވެ.          
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...