ކިނޮޅަހު ކައުންސިލްގެ ރޯދަ ހަދިޔާ: ކޮންމެ ގެއަކަށް ގިނަ އަދަދެއްގެ ކާބޯތަކެތި!
ކުރިއަށް އޮތް ރަމަޟާން މަހު ރ. ކިނޮޅަހު ކައުންސިލްގެ ފަރާތުން އެ ރަށުގެ ކޮންމެ ގޭބިސީއަކަށްވެސް ކާބޯތެކި ހަދިޔާކޮށް އެހީތެރިކަން ދިނުމަށް ނިންމައިފިއެވެ.   ކިނޮޅަހު ކައުންސިލުން އާއްމުކޮށްފައިވާ ގޮތުގައި މި ފަހަރުގެ ރަމަޟާން މަހު ކޮންމެ ގޭބިސީއަކަށްވެސް 1 ބަސްތާ ހަނޑޫ، 1 ބަސްތާ ހަކުރު، 16 ކިލޯ ފުއް، 12 ދަޅު އަލަނާސި، 10 ކިލޯ ފިޔާ، 1 ކިލޯ ކަދުރު އަދި ½ ކޭސް ބިސް ހަދިޔާ ކުރުމަށް ކައުންސިލްގެ މެމްބަރުންގެ އިއްތިފާގުންވަނީ ނިންމާފައެވެ.   މީގެ އިތުރުން ކޮވިޑް 19 ގެ ސަބަބުން ކިނޮޅަހުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުންވެސް ބައެއް ކަންކަން ކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. އެގޮތުން ކުނި އުކާލުމުގެ ފީ މެއި މަހަށް މަޢާފުކޮށްދިނުމާއި ޤުރުއާން ކުލާހުގެ ފީ އޭޕްރިލް އަދި މެއި މަހަށް މަޢާފްކޮށްދިނުން ހިމެނެއެވެ.   ހަމައެއާއިއެކު ކުރިއަށް އޮތް 6 މަސް ދުވަހު ދަނޑު ގޮވާން ކުރުމަށް ކޮންމެ ގޭބިސީއަކަށްވެސް ހިލޭ ބިން ދޫކުރުމަށްވެސް ކިނޮޅަހު ކައުންސިލުންވަނީ ނިންމާފައެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...