އަންނަ ހޮނިހިރު ދުވަހު ބީއެމްއެލް ކިޑްސް ސޭވާ އެކައުންޓް ޕްރޮމޯޝަން ރ. މީދޫގައި
ކުޑަކުދިންނަށް އަމާޒުކޮށްގެން ބޭންކް އޮފް މޯލްޑިވްސް އިން ތަޢާރަފްކޮށްފައިވާ ބީއެމްއެލް ކިޑްސް ސޭވަ އެކައުންޓުގެ ޕްރޮމޯޝަން މިމަހުގެ 20 ވާ ހޮނިހިރު ދުވަހު ރ. މީދޫގައި ކުރިއަށްދާނެއެވެ.    މީދޫ ޓައިމްސްއަށް މައުލޫމާތު ލިބިފައިވާގޮތުގައި އަންނަ ހޮނިޮހިރު ދުވަހު ބީއެމްއެލް ގެ މޮބައިލް ބޭންކިންގ ގެ ޚިދުމަތް ދޭން ރ.މީދޫއަށް ދޭން އެ ބޭންކުން ކުރާ ޒިޔާރަތުގައި މި ޕްރޮމޯޝަން މީދޫގައި ހިންގާނެއެވެ.    ބީއެމްއެލް ކިޑްސް ސޭވަ އެކައުންޓަކީ 18 އަހަރުންދަށުގެ ކުޑަކުދިންނަށް އަމާޒުކޮށްގެން އެކުދިންނަށްޓަކައި ރުފިޔާ ފަހަށް ރައްކާކުރުމުގެ ފުރުސަތު ފަހިކޮށްދޭ އެކައުންޓެކެވެ. މި އެކައުންޓު އޮޕަރޭޓްކުރެވޭނީ އެކުއްޖެއްގެ މަންމަ، ބައްޕަ ނުވަތަ އެކުއްޖެއްގެ ޤާނޫނީ ބެލެނިވެރިއަކަށެވެ. ދިވެހި ރުފިޔާއާއި ޑޮލަރުންވެސް ހުޅުވޭ މިއެކައުންޓުގައި ބަހައްޓަށްޖެހޭ އެންމެ ދަށް އަދަދަކީ 100 ރުފިޔާ އަދި ޑޮލަރުންނަމަ 10 ޑޮލަރެވެ. މި އެކައުންޓު އޮޕަރޭޓްކުރާ ފަރާތަށް ބޭނުންގޮތަކަށް އެކައުންޓަށް ފައިސާ ޖަމާކުރެވޭއިރު ފައިސާ ޖަމާކުރުމަށް އެއްވެސް ފީއެއް ނުނަގާނެއެވެ. އަދި އެކައުންޓުގެ ތަފްސީލު ބޭނުންވަގުތަކު އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް ބަލާލެވޭނެއެވެ. 

ބީއެމްއެލް ކިޑްސް ސޭވަ އެކައުންޓުގައި ހުންނަ ފައިސާ ކުއްޖާއަށް 18 އަހަރުވުމުން އެކުއްޖާއަށް ބޭނުންކުރެވޭނެއެވެ. އަދި މަތީ ތަޢުލީމަށް ބީއެމްއެލްއިން މިހާރު ދޫކުރަމުން އަންނަ ލޯނުގެ އިކުއިޓީގެ ގޮތުގައިވެސް މިފައިސާ ބޭނުންކުރެވޭނެއެވެ. މީގެއިތުރުން ބޭސްފަރުވާ ނުވަތަ ކުއްޖާގެ ކިޔެވުމަށް ކޮންމެހެން ކުރަންޖެހޭ ޚަރަދެއްކުރުމަށް މަހަކު އެއްފަހަރު ބެލެނިވެރިޔާއަށް ކުއްޖާ އެކައުންޓުން ފައިސާނެގޭނެކަމަށް މައުލޫމާތުލިބެއެވެ.    އަންނަ ހޮނިހިރު ދުވަހު މީދޫގައި ކުރިއަށްދާ މި ޕްރޮމޯޝަނުގައި އެކައުންޓު ހުޅުވުމުން އެއްވެސް އިތުރު ފީއަކާ ނުލާ މާސްޓަ ކާޑުގެ ޕްރިޕެއިޑް ކާޑަކަށް އެދުމުގެ ފުރުސަތު ލިބޭނެއެވެ. މި ޕްރޮމޯޝަނުގައި އެކައުންޓު ހުޅުވާ 18 އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށްވެސް އެކުއްޖެއްގެ ނަންމަތީގައި މިކާޑުލިބިގެންދާނެއެވެ.    މީގެއިތުރުން މި ޕްރޮމޯޝަނުގެ އެންމެ ހާއްސަކަމަކީ ޕްރޮމޯޝަނުގެ މުއްދަތުގެ ތެރޭގައި އެކައުންޓް ހުޅުވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް 15000 ލރުފިޔާ ލިބުމެވެ. އަދި އިތުރު 3 ފަރާތަކަށް ކޮންމެ ފަރާތަކަށް 5000 ރުފިޔާ ލިބިގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މިހިނގާ އޮކްޓޯބަރު މަހުގެ ނިޔަލަށެވެ.    ރ. މީދޫގައި މި ޕްރޮމޯޝަނުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ މެންދުރުފަހު 1:30 ން ފެށިގެން އެދުވަހުގެ ހަވީރު 4:00 އާއި ހަމައަށް ރ. މީދޫ ކައުންސިލް އިދާރާގައެވެ. މިކަމަށްޓަކައި ހޮނިހިރު ދުވަހު މީދޫއަށް ޒިޔާރަތްކުރާ ބީއެމްއެލްގެ މޮބައިލް ބޭންކިންގ ޓީމާއެކު ޕްރޮމޯޝަނަށް ޚާއްސަ ޓީމެއްވެސް މީދޫއަށް ޒިޔާރަތްކުރާނެއެވެ. 

އެކައުންޓު ހުޅުވަން ދުރުވާއިރު ކުއްޖާގެ އައިޑީކާޑު އަދި ބެލެނިވެރިޔާގެ އައިޑީކާޑުވެސް ބޭނުންވާނެއެވެ. އަދި  ބެލެނިވެރިޔާގެ  ޕާސްޕޯޓު ސައިޒުގެ ފޮޓޯއެއްވެސް ބޭނުންވާނެއެވެ. އަދި 10  އަހަރުން  މަތީގެ  ކުއްޖެއްނަމަ  އުފަންދުވަހުގެ  ސެޓިފިކެޓްވެސް  ބޭނުންވާނެއެވެ. 

މި ޕްރޮމޯޝަން މިމަހުގެ 20 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:30 ން ފެށިގެން 12:00  އާއި  ހަމައަށް  ރ.  މަޑުއްވަރީގައިވެސް ކުރިއަށްދާނެއެވެ. 
   
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...