ތަޖުވީދު އުނގަންނައިދޭ ހާއްސަ ޕްރޮގުރާމެއް ޖަމުޢިއްޔަތުއް ސަލަފުން ފަށަނީ
ޤުރުއާނުގެ ތަޖުވީދު އުނގަންނައިދިނުމަށްޓަކައި ޖަމްއިއްޔަތުއް ސަލަފްގެ ފަރާތުން ހާއްސަ ޕްރޮގުރާމެއް ފަށަން ނިންމައިފިއެވެ.   ޖަމްއިއްޔަތުއް ސަލަފްގެ ޔޫޓިއުބް ޗެނަލްއިން ލައިވްކޮށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ 'ތިލާވަތުލް ޤުރުއާން' ޕްރޮގުރާމް ކުރިއަށްދާނީ ކޮންމެ ދުވަހަކުވެސް މެންދުރުފަހު 2 އިން 2:30 އަށްކަމަށް އެ ޖަމްއިއްޔާއިން މަޢުލޫމާތުދެއެވެ.    އެ ޖަމިއްޔާގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވަނީ މި ޕްރޮގުރާމަކީ ކުޑަކުދިންނަށް އަމާޒުކޮށްގެން ގެނެސްދޭ ޕްރޮގުރާމެއްކަމަށާއި ނަމަވެސް ތަޖުވީދު އުނގެނެމުންދާ އެންމެހައި ފަރާތްތަކަށް މި ޕްރޮގުރާމުން މަންފާކުރާނެކަމަށެވެ.   ކޮވިޑް 19 ގެ ސަބަބުން ރާއްޖޭގެ ހުރިހާ ސްކޫލްތަކާއި ޤުރުއާން ކުލާސްތައްވެސް ބަންދުކޮށްފައިވާތީ މި ޕްރޮގުރާމް ބައްލަވާ ފައިދާ ލިބިގަތުމަށް އެ ޖަމްޢިއްޔާއިން އެދިލައްވައެވެ.   https://www.youtube.com/user/Jamiyyathsalaf?fbclid=IwAR2lcpiu3hVMiF2pvhV5NqcY_RTsoO8seAd-crE4MY-tbp8VWCsw80R7MUs
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...