މި ހަފްތާގައި ކުނި ފީއާއި އެހެނިހެން ފީތައް ބަލައިގަންނަ އިންތިޒާމް ކައުންސިލުން ހަމަޖައްސައިފި
ކޮވިޑް 19 އާއި ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވީ ނަމަވެސް ކުނި ފީގެ އިތުރުން ކައުންސިލަށް ދައްކަން ޖެހޭ އެހެނިހެން ފީތައް ބަލައިގަތުމަށް ކައުންސިލުން އިންތިޒާމެއް ހަމަޖައްސައިފިއެވެ.   އެގޮތުން މި މަހުގެ 7 ވާ އަންގާރަ ދުވަހުން ފެށިގެން 9 ވާ ބުރާސްފަތި ދުވަހާއި ހަމައަށް ކޮންމެ ދުވަހެއްގެވެސް ހެނދުނު 10:00 އިން 12:00 އަށް ކައުންސިލް އިދާރާއިން ފީތައް ބަލައިގަންނާނެކަމަށް ކައުންސިލުން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވެއެވެ.   ސަރުކާރު ބަންދުކުރި ނަމަވެސް ކޮންމެހެން ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް އެއްވެސް ބުރޫއެއް ނާރާ ގޮތަށް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...