ސަރުކާރު ބަންދު ހަފްތާގައި ފެނަކައިން ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފި
ކުރިއަށް މިއޮތް ހަފްތާއަކީ ސަރުކާރު ބަންދު ހަފްތާއެއްކަމަށް ކަނޑައެޅުމުން ފެނަކަ މީދޫ ބުރާންޗުން ހިދުމަތްދޭ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.
އެ ބުރާންޗުން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތްތައް ދިނުމަށް އޮފީސް ހުޅުވިފައި ހުންނާނީ ހުކުރު ހޮނިހިރު ފިޔަވާ އެހެން ދުވަސްތަކުގެ ހެނދުނު 10:00 އިން މެންދުރުފަހު 13:00 އަށް ކަމަށެވެ. މީގެ އިތުރުން ފެނަކަ މީދޫ ބްރާންޗުގެ ކޭޝް ކައުންޓަރުން ފައިސާ ބަލައިގަންނާނީވެސް ހެނދުނު 10:00 އިން 13:00 އަށް ކަމަށް އިޢުލާނުގައި ބުނެފައިވެއެވެ.   19 މާރިޗު 2020 އިން ފެށިގެން 26 މާރިޗު 2020 ގެ ނިޔަލަށް ސަރުކާރުން ބަންދުކޮށްފައިވަނީ މިހާރު ރާއްޖެއިންވެސް ފެނިފައިވާ ކޮވިޑް 19 ފެތުރުން ހުއްޓުމަށްޓަކައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...