ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ގާލްގައިޑް އަދި ލިޓްލް މެއިޑުންގެ އެންރޯލްވުމުގެ ރަސްމިއްޔާތު ބާއްވައިފި.
ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ގާލްގައިޑް އަދި ލިޓްލް މެއިޑުން އެންރޯލް ވުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލްގައެވެ.     މި ރަސްމިޔާތުގައި ޖުމްލަ 30 ލިޓްލް މެއިޑުންނާއި 36 ގާލްގައިޑުން ވަނީ އެންރޯލްވެފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ ރ. މީދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ހުސައިން އަފީފެވެ. ޝަރަފުވެރި މެހެމާނުގެ ވާހަކަފުޅުގައި ގާލްގައިޑް އަދި ލިޓްލް މެއިޑްގެ ކުދިން ކިޔެވުމުގެ އިތުރުން މި ކުރާ މަސައްކަތަކީ ވަރަށް ބޮޑު މަސައްކަތެއްކަމާއި އަދި ވަރަށް ބޮޑު ކަމެއް ކަމަށާއި އަދި ކުދިންގެ ކުރިމަގު އުޖާލާވެގެން ދާނެކަމެއް ކަމުގައި ފާހަގަ ކުރެއްވިއެވެ. އަދި މުދައްރިސުން ކުދިންނަށް ކިޔަވައިދިނުމުގައި އިސްލާމްދީނުގެ ތަރަހައިގެ މަތީގައި ތަރުބިއްޔަތުކޮށްދިނުމަށާއި އަދި ޤައުމުދެކެ ލޯބިވުމުގެ ރޫޙް އުފައްދަވައި ދެއްވުމަށް އެދިލެއްވިއެވެ.

ރ. އަތޮޅު ތަޢުލީމީ މަރުކަޒުން އަންނަނީ 1985ވަނަ  އަހަރުން  ފެށިގެން  ގާލްގައިޑުގެ  ހަރަކާތްތައް  އެ  މަރުކަޒުގައި  ކުރިއަށްގެނަދަމުންނެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...