ރ. މީދޫ ބަނދަރުގައި އަތް ދޮވެވޭނެ އިންތިޒާމް ހަމަޖައްސައިފި
މިހާރު ރާއްޖެއިންވެސް ފެނިފައިވާ ކޮރޯނާ ވައިރަހާއި ގުޅިގެން ސާފުތާހިރުވުމުގެ ގޮތުން ވީހާވެސް ގިނައިން އަތް ދޮވުމަށް ސިއްޙީ މާހިރު އިރުޝާދު ދެމުން އަންނާތީ މީދޫ ބަނދަރުގައި ފަސޭހަކަމާއެކު އަތް ދޮވެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.
ބަނދަރުގައި ހަދާފައިވާ މަސްވެރިންގެ ހިޔާ ކަންމަތީގައި ހަރުކޮށްފައިވާ ފެން އިސްކޫރު ބަރީގައި ސިންކެއް ހަރުކޮށް އަތް ދޮވެވޭނެ ގޮތް ހަމަޖައްސާފައިވަނީ މީދޫގެ ޒުވާނުންތަކެއް އިސްނަގައިގެންނެވެ. މިކަމުގައި ހަރަކާތްތެރިވި ޒުވާނަކު ބުނީ، ހުރިހާ އެންމެންވެސް އޭގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އިލްތިމާސް ކުރާ ކަމަށެވެ.   ކޮވިޑް 19 އާއި ގުޅިގެން މީދޫގައިވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މީދޫ ޓާސްކްފޯސްއިން އިސްނަގައިގެން މީދޫގައި ރަނގަޅު ފެންވަރެއްގެ އައިސޮލޭޝަން ފެސިލިޓީއެއް ޤާއިމްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު ރަށުގެ ހާލަތު ޓާސްކްފޯސްއިން އަންނަނީ ވަރަށް ރަނގަޅަށް ބަލަމުންނެވެ.   މިހާތަނަށް ރާއްޖެއިން ކޮވިޑް 19 އަށް ޕޮސިޓިވްވެފައިވާ 13 މީހަކު ފެނިފައިވާއިރު މިހުރިހާ އެންމެނަކީވެސް ރިޒޯޓުތަކަށް ފަތުރުވެރިންގެ ގޮތުގައި އައިސްފައިވާ ބޭރު މީހުންނެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...