ދިގަލި މޯލްޑިވްސް ބަންދުކޮށް މުވައްޒަފުންނަށް މުސާރަ އާއެކު ހާއްސަ ޗުއްޓީއެއް ދެނީ.
ޔުނިވާސަލްގެ ރިޒޯޓެއްކަމަށްވާ ދިގަލި މޯލްޑިވްސް ބަންދުކޮށް މުވައްޒަފުންނަށް މުސާރައާއެކު ހާއްސަ ޗުއްޓީއެއް ދޭން ނިންމައިފިއެވެ. 

ޔުނިވާސްްލް ކުންފުނިން ނިންމާފައިވަނީ އެ ކުންފުނިން ހިންގާ ހުރިހާ ރިޒޯޓެއް ބަންދުކޮށް މި އުސޫލާއި އެއްގޮތަށް އަމަލު ކުރާށެވެ. ދިގަލި ހިމެނޭ ގޮތަށް ޔުނިވާސަލްގެ ރިޒޯޓުތައް 1 އޭޕްރިލްގައި ބަންދުކޮށް މުވައްޒަފުންނަށް ތިން މަހުގެ ޗުއްޓީއެއް ދޭ ގޮތަށްވަނީ ނިންމާފައެވެ. 

ދުނިޔޭގައި ހަލުވިކަމާއެކު ކޮރޯނާ ވައިރަސް ފެތުރެމުން އަންނާތީ ރާއްޖޭގެ ފަތުރުވެރިކަމަށްވެސް އަންނަނީ ނޭދެވޭ އަސަރުތަކެއް ކުރަމުންނެވެ. އެގޮތުން ރިޒޯޓުތަކަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވުމާއި ގުޅިގެން ބައެއް ރިޒޯޓުތަކުން މުސާރަ ނުލިބޭ ގޮތަށް މުވައްޒަފުން ފޮނުވުމަށް ތައްޔާރުވަމުން އަންނަކަމަށްވެސް މަޢުލޫމާތުލިބެއެވެ  
ކިޔުންތެރިންގެ ހިޔާލް

2020-03-19 15:38:35
Lalla
V ragalhu maai. Allah ansavaa adhi balavai bodigen cey..dhigaleege verin nah heyoarahumai lanvaashi
އެންމެ މަގުބޫލު: 7 ދުވަސް

...