ކޮވިޑް 19 މީދޫ ޓާސްކްފޯސްގެ މަސައްކަތްތައް ފައިސާގެ އެހީތެރިކަން ދިނުމުގެ ފުރުސަތު ހުޅުވާލައިފި
މިހާރު ރާއްޖެއިންވެސް ފެނިފައިވާ ކޮވިޑް 19 ފެނިފައިވާއިރު މިކަމާއި ގުޅިގެން މީދޫގައި އެކުލަވާލާފައިވާ ޓާސްކްފޯސްއިން ކުރަމުން އަންނަ މަސައްކަތްތަކަށް ފައިސާގެ އެހީތެރިކަން ދިނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މީދޫ ޓާސްކްފޯސްގެ ފަރާތުން ކުރަމުން އަންނަ މަސައްކަތްތައް ކުރުމަށް ފައިސާގެ އެހީތެރިކަމުގެ އިތުރުން ތަކެތި ފޯރުކޮށްދީގެންވެސް މަސައްކަތްތަކަށް އެހީތެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ފައިސާގެ އެހީތެރިކަން ވެދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން ފައިސާ ފޮނުވުމަށް ތިރީގައިވާ އެކައުންޓް ނަމްބަރު ބޭނުން ކުރުމަށް އެ ފަރާތުން އެދެއެވެ.   އެކައުންޓް ނަމްބަރު: 7717700450004 ނަން: މީދޫ ކައުންސިލް އިދާރާ  ވައިބަރ ކުރައްވާނީ: 7736577   މީދޫގައި އެކުލަވާލާފައިވާ ޓާސްކްފޯސްއިން މިހާރު އަންނަނީ މީދޫގެ ބައެއް ސަރަހައްދުތަކުގައި އަތް ދޮވެވޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން މީދޫގައި އައިސޮލޭޝަން ފެސިލިޓީއެއް ގާއިމްކުރުމުގެ މަސައްކަތްވެސް ޓާސްކްފޯސްއިން އަންނަނީ ކުރަމުންނެވެ.
ފައިސާގެ އެހީތެރިކަން ނޫން އެހެނިހެން އެހީތެރިކަމާއި މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ކޮވިޑް 19 މީދޫ ޓާސްްފޯސްގެ މީޑިޔާ ކޯޑިނޭޓަރ އަލީ ރަޝީދުގެ ފޯން ނަމްބަރު 7722989 އަށް ގުޅުއްވުމަށް ޓާސްކްފޯސްއިން އެދެއެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...