ކޮވިޑް 19 މީދޫ ޓާސްކްފޯސްއަށް ވޮލިންޓިއަރުން ހޯދަނީ
ކޮވިޑް 19 އާއި ގުޅިގެން މީދޫގައި ޤާއިމްކޮށްފައިވާ ޓާސްކްފޯސްގައި އެކި އެކި މަސައްކަތްތައް ކުރާނެ ވޮލިންޓިއަރުން ބޭނުންވާކަމަށް ޓާސްކްފޯސްއިން ބުނެފިއެވެ.   ޓާސްކްފޯސްއިން މަޢުލޫމާތުދީފައިވާ ގޮތުގައި ޓާސްކްފޯސްގެ މަސައްކަތްތަކުގައި އަމަލީ ގޮތުން އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކުން ކޮވިޑް 19 މީދޫ ޓާސްކްފޯސްގެ މީޑީޔާ ކޯޑިނޭޓަރ އަލީ ރަޝީދުގެ 7722989 ނަމްބަރު ފޯނަށް ނަމާއި، ގުޅޭނެ ފޯން ނަމްބަރު ޖެހުމަށްފަހު މެސްޖް ކުރެއްވުމުން ވޮލިންޓިއަރުންގެ ތެރޭގައި ހިމެނޭނެކަމަށެވެ.   މީދޫގައި މިކަމާއި ގުޅިގެން އެކުލަވާލާފައިވާ ޓާސްކްފޯސްއިން އަންނަނީ މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުންކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި މިހާރު މީދޫގައި އައިސޮލޭޝަން ފެސިލިޓީއެއްވެސް ޤާއިމް ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...