ބެސްޓް ބަޑީއާއި މީދޫ ޕްރީ ސްކޫލު ގުޅިގެން ކުޑަ ކުދިންގެ ޕާކެއް ތަރައްޤީ ކުރަނީ
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބެޓެރީ ވެހިކަލްގެ ވިޔަފާރިކުރަމުންދާ ބެސްޓް ބަޑީއާއި މީދޫ ޕްރީ ސްކޫލް ގުޅިގެން ޕްރީ ސްކޫލުގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފިއެވެ. 
މި ޕްރޮޖެކްޓްގެ ދަށުން ބެސްޓް ބަޑީގެ ފަރާތުންވަނީ މި ޕާކަށް ބޭނުންވާނެ ބައެއްތަކެތި އެފަރާތާ ހަވާލުކޮށްފައެވެ. މިކަމާގުޅޭގޮތުން މީދޫ ޓައިމްސްއަށް މައުލޫމާތުދެއްވަމުން ބެސްޓް ބަޑީގެ އޯނަރ އިބްރާހީމް ރަޝީދު ވިދާޅުވީ މި ޕްރޮޖެކްޓަކީ ޕްރީ ސްކޫލާ ބެސްޓް ބަޑީއާއި ގުޅިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެއްކަމަށާއި އެގޮތުން މިވަގުތު ބެސްޓް ބަޑީގެ ފަރާތުން ޕްރީ ސްކޫލަށް މިހަވާކުކުރީ 20000 ރުފިޔާގެ އަގުހުރި ސްލައިޑަކާއި 10000 ރުފިޔާގެ އަގުހުރި ސީސޯއެއްކަމަށެވެ. 
މި ޕްރޮޖެކްޓްގެ ދަށުން މީދޫ ޕްރީ ސްކޫލުން ހޯދާ ކާޕެޓްވެސް ބެސްޓް ބަޑީގެ ފަރާތުން ވަނީ ޕްރީ ސްކޫލަށް ގެނެސްދީފައެވެ. 
ރަޝީދު އިތުރަށް ވިދާޅުވީ ކުޑަކުދިންގެ ޕާކަށް ބޭނުންވާ ތަކެތީގެ އިތުރުން 3000 ރުފިޔާގެ އަގުހުރި ސްޓެޝަނަރީސްވެސް ޕްރީ ސްކޫލަށް ހަދިޔާ ކޮށްފައިވާނެކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ޕްރީ ސްކޫލުގެ ލައިބްރަރީއަށް ބޭނުންވާނެތަކެތިވެސް ބެސްޓް ބަޑީގެ ފަރާތުން ހަދިޔާ ކުރާނެކަމަށެވެ. 

ބެސްޓް ބަޑީއިން އަންނަނީ އެކި ގޮތްގޮތުން ތަޢުލީމީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ވޭތުވެދިޔަ 2017ވަނަ  އަހަރުގެ ރ. އަތޮޅު  ތަޢުލީމީ  މަރުކަޒުގެ  އިނާމު  ދިނުމުގެ  ޖަލްސާއަށްވެސް  ޓްރޮފީއާއި  އެހެނިހެން ތަކެތި ފޯރުކޮށްދީފައެވެވ.          
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...