މިހާރުގެ ހާލަތާއި ގުޅިގެން މާލޭގެ ގެއެއްގެ ކުލި 16000 ރުފިޔާއިން އިން 10،000 ރުފިޔާއަށް އަށް!
ކޮރޯނާ ވައިރަހުގެ ނުރައްކާތެރިކަން ރާއްޖެއަށްވެސް ބޮޑުވެ ރާއްޖޭގެ އިޤްތިޞާދަށްވެސް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެކަމަށް ބެލެވޭ ދަނޑިވަޅެއްގައި ރައްޔިތުންނަށް ފަސޭހައަކަށް އެކި ފަރާތްތަކުން އަންނަނީ ބޮޑެތި ކަންކަން ކުރަމުންނެވެ.
އެގޮތުން އިއްޔެއިން ފެށިގެން މާލޭގައި އެޕާޓުމެންޓުތައް ކުއްޔަށް ދޫކޮށްގެން އުޅޭ ބައެއް ފަރާތްތަކުން އަންނަނީ އެޕާޓްމެންޓުތަކުގެ ކުލިތައް ކުޑަކުރަމުންނެވެ. އެގޮތުން މުހައްމަދު ޝިހާބު ނަމަކަށް ކިޔާ މީހަކު މިވަނީ އޭނާގެ ކުއްޔަށް ނަގާފައިވާ ދެ ކޮޓަރީގެ އެޕާޓުމެންޓުގެ ކުލި 16000 ރުފިޔާއިން 10000 ރުފިޔާއަށް ކުޑަކޮށްދީފައިވާކަން ފޭސްބުކް މެދުވެރިކޮށް އިޢުލާނުކޮށްފައެވެ. މިއީ އޭނާއަށް ލިބުނު ވަރަށް އުފާވެރި ހަބަރެއްކަން އޭނާގެ ޕޯސްޓުން އެނގެއެވެ.   "16000 ރުފިޔާއަށް އަޅުގަނޑު ހިފާފަ ހުންނަ 2 ރޫމް އެޕާޓްމެންޓްގެ ވެރިފަރާތުން މިއަދު އަޅުގަނޑަށް ގުޅުއްވާފަ ވިދާޅުވީ މިވަގުތު ރާއްޖެއާއި މުޅި ދުނިޔެއަށް ދިމާވެފައިވާ ހާލަތާއި ގުޅިގެން ތިފަރާތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 16000 ރުފިޔާގެ ކުލި 10000 ރުފިޔާއަށް ކުޑަކޮށްދީފީމެވެ." މިފަދައިން ޝިހާބު ބުނެފައިވެއެވެ.   މީގެ އިތުރުން އެއްވެސް ކަމެއްގައި އެހީތެރިކަން ބޭނުންވާނަމަ ގޭގެ ވެރިފަރާތަށް އެންގުމަށްވެސް ބުނެފައިވާކަމަށް ޝިހާބުގެ ޕޯސްޓުގައި ލިޔެފައިވެއެވެ. ޝިހާބުގެ ޕޯސްޓް ނިންމާލަމުން ބުނެފައިވަނީ މިފަދަ ވަގުތަކީ ޖީބު ފުރާލުމުގެ ވިސްނުން ދޫކޮށް އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދޭން ވީ ވަގުތުކަމަށެވެ.   މިއީ އެންމެންނަށްވެސް ދަތި އުނދަގޫތަކާއި ކުރިމަތިލާން ޖެހޭނެ ހާލަތެއްކަމުން މި ހާލަތުން އަރައިގަނެވޭނީ މިފަދަ ހުރިހާ ކަމެއްގައިވެސް އެންމެންވެސް އެއްބާރުލުންދީ އެހީތެރިވެދީގެންކަން ޔަޤީނެވެ. 
ފޮޓޯ: ސަން އޮންލައިން
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...