ރިޒޯޓުތަކުގަ މަސައްކަތް ކުރާ މީދޫ މުވައްޒަފުންގެ ދަފްތަރެއް އެކުލަވާލަނީ
ރާއްޖޭގެ ރިޒޯޓުތަކުގައި މަސައްކަތް ކުރާ ރ. މީދޫއަށް ނިސްބަތްވާ މުވައްޒަފުންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ރ. މީދޫ 'ކޮވިޑް 19 ޓާސްކް ފޯސް'އިން ފަށައިފިއެވެ.
މި ދަފްތަރުގައި ރަޖިސްޓްރީވުމަށް ރިޒޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އޮންލައިން ފޯމެއް ފުރުމަށް މީދޫ ކައުންސިލްގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް މިހާރުވަނީ އިޢުލާންކޮށްފައެވެ. މި ފޯމުގައި އެ މުވައްޒަފަކު މަސައްކަތް ކުރާ ރިޒޯޓާއި އަދާ ކުރާ ވަޒީފާގެ މަޢުލޫމާތު ހިއްސާ ކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.   ކޮވިޑް 19 ރާއްޖެއިންވެސް ފެނިފައިވުމާއިއެކު ރަށްރަށުން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން މީދޫގައިވެސް ފުޓްސަލް ދަނޑު ހިމެނޭ ގޮތަށް ހުރިހާ ކުޅިވަރު ކުޅޭ ދަނޑުތަކެއްވެސް މިހާރު ވަނީ ބަންދުކޮށްފައެވެ.   މިހާތަނަށް ރާއްޖޭގެ އެކި ރިޒޯޓުތަކުން ކޮރޯނާ ވައިރަހަށް 13 މީހަކު ޕޮސިޓިވްވެފައިވާއިރު ރ. އަތޮޅުގައި ހިންގާ ފުރަވެރި ރިޒޯޓުން މި ވައިރަހަށް ޝައްކުވާ މީހަކު ފެނުމާ ގުޅިގެން އެ ރިޒޯޓު މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...