ރ. މީދޫ ޓާފް ދަނޑުގެ ސަބް ބޭސް ހެދުމަށް އާރު.ޑީ.ސީއާ ހަވާލުކޮށްފި
ރ. މީދޫގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ޓާފް ފުޓުބޯޅަ ދަނޑުގެ ސަބް ބޭސް ހެދުމަށް ރޯޑް ޑިވެލެޕްމެންޓް ކޯޕަރޭޝަން، އާރު.ޑީ.ސީ އާއި ހަވާލުކޮށްފިއެވެ.
މި މަސައްކަތް ކުރުމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ޔޫތް މިނިސްޓްރީއާއި ދެމެދު ވަނީ މިއަދު މެންދުރު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ޔޫތް މިނިސްޓްރީގެ ފަރާތުން މި އެއްބަސް ވުމުގައި ސޮއިކުރެއްވީ ޔޫތް މިނިސްޓަރު އަޙްމަދު މަހުލޫފްއެވެ. އަދި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކޓްރ މޫސާ އަލި މަނިކުއެވެ.   މި އެއްބަސްވުމުގެ ސޮއި ކުރެއްވުމަށްފަހު މީދޫ ޓައިމްސްއަށް މަޢުލޫމާތު ދެއްވަމުން އާރު.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކު ވިދާޅުވީ، މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 50 ދުވަސް ތެރޭގައި ނިންމާ ގޮތަށްކަމަށާއި މަސައްކަތް ދުވަހަށް ނިންމާލެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.   މީދޫގައި ތަރައްޤީ ކުރާ ޓާފް ދަނޑު ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ މިހާރު ދެ ނަމްބަރު ދަނޑުގެ ގޮތުގައި ބޭނުން ކުރާ ބިމުގައެވެ. މި ދަނޑު އެޅުމަށް މި ދަނޑުއެޅުމަށް މިއަހަރުގެ ބަޖެޓުގައި 6 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...