ފުރަވެރި ރިޒޯޓުން ކޮވިޑް 19 އަށް ޝައްކު ކުރެވޭ މީހަކު ފެނިއްޖެ
ރ. އަތޮޅުގައި ހިންގަމުން އަންނަ ފުރަވެރި ރިޒޯޓުން ކޮވިޑް 19 އަށް ޝައްކުކުރެވޭ ފަދަ އަލާމާތްތަކެއް ހުރި ފަތުރުވެރިއަކުން ފެނިއްޖެއެވެ.    މައުލޫމާތު ލިބޭ ގޮތުގައި ޑޮކްޓަރުންގެ ޓީމެއް މިހާރު އަންނަނީ އެ ރިޒޯޓަށް ދަތުރު ކުރަމުންނެވެ. އެ ރިޒޯޓުން ކޮވިޑް 19 އަށް ޝައްކު ކުރެވޭ ފަދަ އަލާމަތްތަކެއް ހުރި މީހަކު ފެނުމާއިއެކު ރިޒޯޓު މިހާރުވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. މީގެ އިތުރުން އެ ފަތުރުވެރިިޔާއާއިި ކްލޯސް ކޮންޓެކްޓްވި މުވައްޒަފުން އެކަހެރިކުރުމުގެ މަސައްކަތްވެސް ރިޒޯޓުން އަންނަނީ ކުރަމުންނެވެ.      މިއީ ރ. އަތޮޅުގެ ރިޒޯޓަކުން ކޮވިޑް 19 އަށް ޝައްކު ކުރެވޭ މީހަކު ފެނުން ފުރަތަމަ ފަހަރެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...