ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް މަހިބަދޫ ދާއިރާގެ މެމްބަރު ތޯރިޤު ގޮވާލައްވައިފި
މިހާރު ރާއްޖެއިންވެސް ކޮރޯނާ ވައިރަސް ފެނިފައިވާއިރު ރާއްޖޭގައި މި ވައިރަސް ފެތުރުނަ ނުދިނުމަށާއި ރިޒޯޓު މުވައްޒަފުންނާއި ފަތުރުވެރިންނާއި ކޮންޓްކެޓްވާ އެންމެންގެ ރައްކާތެރިކަމަށް ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިޤް ގޮވާލައްފިއެވެ.
null
މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ތޯރިޤު ވިދާޅުވީ، ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް މިވަގުތު ކުރަން ޖެހޭ އެންމެ މުހިއްމުކަމަކީ ރާއްޖޭގެ ބޯޑަރު މިހާރުން މިހާރަށް ބަންދުކުރުންކަމަށާއި މިވަގުތު ބޯޑަރުތައް ބަންދު ނުކޮށްފި ނަމަ ކުރިއަށް އޮތް ދުވަސްތަކުގައި އެކަމާއި ހިތާމަކުރާނެކަމަށްވެސް މެމްބަރު ތޯރިޤު ވިދާޅުވިއެވެ.   މީގެ އިތުރުން މެމްބަރު ވިދާޅުވީ، ރާއްޖޭގެ ފުލުހުންގެ ހިދުމަތާއި ސިއްޙީ ހިދުމަތްތައްވެސް ދެވޭނީ ރާއްޖެ މިފަދަ ނުރައްކާތެރި ވައިރަސްތަކުން ސަލާމަތްވެގެންކަމަށާއި ރާއްޖޭގެ ރިޒާވްގައި ކުރިއަށް އޮތް 1 މަސް ނޫނީ ދޮޅު މަސް ދުވަހު ކާނެ ތަކެތި ހޯދާނެ ފައިސާ ހުންނާނެކަމަށް ޤަބޫލް ކުރައްވާކަމަށްވެސް މެމްބަރު ތޯރިޤު ވިދާޅުވިއެވެ.   ރާއްޖޭގެ ރިޒޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މިމަހުގެ 28 އާއި ހަމައަށް މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް އެރުން މަނާކޮށްފައިވާތީ ރިޒޯޓު މުވައްޒަފުން އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުންފާޅު ކުރަމުންނެވެ. އެގޮތުން ރިޒޯޓު މުވައްޒަފުންނާއި ގިނަ އަދަދެއްގެ އާއްމު ރައްޔިތުންވެސް އަންނަނީ ރާއްޖެ ލޮކްޑައުން ކުރުމަށް ގޮވާލަމުންނެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...