ކޮވިޑް 19: މީދޫގައި ހިންގަމުން ގެންދާ ފަހާ ކޯސް ވަގުތީ ގޮތުން މެދުކަނޑާލައިފި
ރާއްޖޭގައިވެސް ކޮރޯނާ ވައިރަހަށް 13 މީހަކު ޕޮސިޓިވްވެފައިޥާތ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މީދޫގައި ކުރިއަށް ގެންދަމުން އައި ފަހާ ކޯސް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.
މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި މީދޫ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ މި ކޯސް މެދުކަނޑާލާފައިވަނީ އަދި ވަކި މުއްދަތެއް ނެތް ގޮތަށްކަމަށް އަންހެނުންގެ ކޮމިޓީއިން މަޢޫލޫމާތުދެއެވެ. އަދި މި ކޯސް ދެން ފަށާއިރު އަލަށް ބައިވެރިންނަށް ކޯހާއި ގުޅުމުގެ ފުރުސަތުވެސް ހުޅުވާލެވިގެންދާނެކަމަށްވެސް ކޮމިޓީން މަޢުލޫމާތުދެއެވެ.   ކޮރޯނާ ވައިރަހާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައިވާއިރު ރާއްޖޭގެ ހުރިހާ ސްކޫލްތަކާއި ކޮލެޖް އަދި ޔުނިވާސިޓީތަކުގެ އިތުރުން ތަޢުލީމުދޭ އެހެނިހެން ތަންތަންވެސް ދެ ހަފްތާގެ މުއްދަތަށް ބަންދު ކުރުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތްސްއިން ވަނީ އަންގަވާފައެވެ.   މީގެ އިތުރުން ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން މީދޫގައި މީހުން އެއްވެ އުޅޭ ފަދަ އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދިޔުމަށް ކައުންސިލުން އަންގާފައިވެއެވެ. އަދި މީދޫ ފުޓުސަލް ދަނޑު ހިމެނޭ ގޮތަށް ހުރިހާ ކުޅިވަރު ދަނޑުތަކެއްވެސް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ.   ރާއްޖެއިން މިހާތަނަށް ކޮވިޑް 19 އަށް ޕޮސިޓިވްވެފައިވަނީ 13 ބިދޭސީ ފަތުރުވެރިންނެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...